ފާއިތުވި އަހަރު ކުރިއަށްދިޔަ ވޯލްޑް ކަޕުގެ މެޗުތަކުގެ ސްކޯ ދިމާކޮށްގެން އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު ހުޅުވައިލި "ދިޔަރެސް ވޯލްޑް ކަޕް ޗެލެންޖު"ގެ އެކި ވަނަތަކަށް ހޮވުނު ފަރާތްތައް ހޮވައި އިނާމު ހަވާލުކޮށްފިއެވެ.
ވޯލްޑް ކަޕްގެ އެންމެ ގިނަ މެޗުގެ ސްކޯ ދިމާކުރާ 10 ފަރާތެއް ހޮވާ ގޮތަށް ބޭއްވި މި މުބާރާތުގައި އެންމެ ގިނަ މެޗުގެ ސްކޯ ދިމާކުރި ރިޒޫ ރިޒްވަނީ ޖުމްލަ 12 މެޗުގެ ސްކޯ ދިމާކޮށްފައެވެ. އޭގެ އިތުރަށް 4 ފަރާތަކުން 10 މެޗުގެ ސްކޯ ދިމާކޮށްފައިވާއިރު، ހަ ފަރާތަކުންވަނީ 9 މެޗުގެ ސްކޯ ދިމާކޮށްފައެވެ.
މިއަދު ދިމްޔާތު ހޮޓަލުގައި އޮތް ކުޑަ ރަސްމިއްޔާތެއްގައި 2 ވަނައިން ފެށިގެން ފަސްވަނައަށް ހޮވުނު ފަރާތްތައް ކަނޑައަޅާފައިވަނީ 10 މެޗުގެ ސްކޯ ދިމާކުރި 4 ފަރާތުގެ މެދުގައި ނެގި ގުރުއަތަކުންނެވެ. އަދި ހަވަނައިން ފެށިގެން 10 ވަނައަށް ހޮވުނު ފަރާތްތައް ކަނޑައަޅާފައިވަނީ 9 މެޗުގެ ސްކޯ ދިމާކުރި ހަ ފަރާތުގެ މެދުގައި ގުރުއަތު ނަގައިގެންނެވެ.
މި މުބާރާތުގެ އެންމެ އަގުހުރި އިނާމުކަމަށްވާ ސޮއްޓި ބިޒްގެ ފަރާތުން ދިން އައިފޯން 14 މެކްސް ޕްރޯ ކާމިޔާބުކުރި ފަރާތަށާއި އިތުރު އިނާމުތައް ހާސިލުކުރި ފަރާތްތަކަށް މިއަދު އިނާމު ހަވާލުކޮށްފައިވާނެއެވެ.
މި މުބާރާތުގެ ދެވަނައަށް ދިޔަ ފަރާތަށް ހޯމްލޭންޑްގެ ފަރާތުން ދިން 16 އިންޗިގެ ޓީވީއެއް ލިބުނުއިރު ތިންވަނައަށް ހޮވުނު ފަރާތަށް އަސުސް އީފޯ10 ލެޕްޓޮޕެއް ލިބުނެވެ. މީގެ އިތުރު ހަތް އިނާމެއް ދީފައިވެއެވެ. އެއީ:
ވޯލްޑް ކަޕްގައި ކުރިއަށްގެންދިޔަ މި ޗެލެންޖަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ. އަދި ގިނަ ބަޔަކު މި ޗެލެންޖުގައި ބައިވެރިވެފައިވެއެވެ.