Wednesday 24th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރީކޯ މޫސާ

އެމްޑީޕީން ރައްޔިތުންނަށްވީ ހުރިހާ ވައުދެއް ފުއްދައިފި: ރީކޯ

ސަރުކާރު ހިންގާ އެމްޑީޕީން ދިވެހި ރައްޔިތުންނަށް ވި ހުރިހާ ވައުދެއް މި ސަރުކާރުން ފުއްދާފައިވާކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސަ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ބާލިހްގެ ކެޕްޕެއިނަށް ވަޑައިގެން ރ. މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން މޫސަ ވިދާޅުވީ ރައްޔިތުން ގަބޫލުކުރާ ފެންވަރަށް އެމްޑީޕީން ބޭނުންވި ލާމަރުކަޒީ ނިޒާމު ރައީސް ޞާލިހް ގެނެސްދެއްވާފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލްތަކަށް ބާރުތައްދީ ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ދޭން ވިދާޅުވި އަދަދު ރައީސް ޞާލިހް ދެއްވާފައިވާކަމަށް މޫސަގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ބޯހިޔާވަހިކަމުގެ ސިޔާސަތު ވެސް ރައީސް ޞާލިހު ގެނެސްދެއްވާފައިވާ ކަމަށާއި އެމްޑީޕީން ރައްޔިތުންނަށްވީ ހުރިހާ ވައުދުތަކެއް މިހާރު ފުއްދިފައިވާ ކަމަށެވެ. އަދި އިތުރު މީހަކު ވެރިކަމަށް ގެންނަން ވާހަކަ ދައްކާނެ ފުރުސަތު ދެން ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ރައީސް ޞާލިހަށް ދެވަނަ ދައުރެއްދީފިނަމަ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކުރިއެރުން ލިބިގެންދާނެކަމަށާއި މިފަހަރުގެ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބުކޮށް ރިޔާސީ އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރައްވާނެކަމުގެ ޔަގީންކަން އޮތްކަމަށެވެ.

28 ޖަނަވަރީގައި އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދެވެ. ނަޝީދުގެ ޓީމުން އަންނަނީ އެ އިންތިޚާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފައްދަމުންނެވެ. އެގޮތުން އިންތިޚާބުގެ ކަންކަން ކުރިއަށްގެންދާ އިންތިޚާބީ ކޮމިޓީގައި މުޅިންވެސް ތިއްބެވީ ރައީސް ޞާލިޙަށް ތާއީދުކުރައްވާ އެމަނިކުފާނަށް ވަފާދާރު ބޭފުޅުންކަން އެ ޓީމުން ފާހަގަކުރެއެވެ.
މި ލިއުމާއި ގުޅޭ