Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރެސްޓޯރެންޓު ކެފޭ

ރޮބޮޓު ވެއިޓަރަރަކާއި އެކު އޯޝަން ބަބަލްސްއިން މާލޭގައި ކެފޭއެއް ހުޅުވައިފި

ރޮބޮޓު ވެއިޓަރަކާއި އެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ކެފޭއެއް ހުޅުވައިފިއެވެ.

ހުޅުމާލޭގައި މިހާރުވެސް އާންމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އޯޝަން ބަބްލްސްއިން މާލޭގައި މިރޭ އެ ފްރެންޗައިޒްގެ ކެފޭއެއް ހުޅުވާފައިވާއިރު އެ ކެފޭގައި ހިދުމަތްދޭން ރޮބޮޓު ވެއިޓަރެއް ހަރަކާތްތެރިވާނެއެވެ. މަޖީދީ މަގު ހެންވޭރު ކޮޅުގައި އޫރިދޫ އޮފީސް ކުރިން ހިންގި އިމާރާތުގެ އެންމެ ތިރީގައި ހަދާފައިވާ މިކެފޭ މިރޭ ރަސްމީކޮށް ހުޅުވާދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އައިޝަތު ނަހުލާއެވެ.

ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގެ ކެފޭތަކުގައި މިފަދަ ރޮބޮޓުތައް ބޭނުން ކުރިނަމަވެސް މިއީ ރާއްޖެއަށް މުޅިން އާ ކަމެކެވެ.

އޯޝަން ބަބްލްސް އިން މިރޭ މި ހުޅުވި ކެފޭގައި ބޮބާޓީ ގިނަ ވައްތަރުތައް ލިބޭނެއެވެ. މީގެ އިތުރުން ހައިގްރޭޑް ތަފާތު އެތައް ބާވައްތަކުގެ ކޮފީތަކާއި، ޖެލާޓޯ އިތުރުން އެކިއެކި ލުއިކާނާ ލިބޭނެއެވެ.

މީގެ އިތުރުން ކަސްޓަމަރުންނަށް ހިލޭ ވައިފައިގެ ހިދުމަތް މިކެފޭ އިން ލިބޭއިރު ވަޔަރލެސްކޮށް ފޯނު ޗާޖުކުރުން ފަދަކަންކަން ކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

މި ކެފޭގެ އޯނަރަކީ މަޝްހޫރު ޒިއޯން މޯބައިލްސްގެ އޯނަރު ރަފީއުދީން ނަސީމެވެ. ރަފީއުއަކީ މީގެކުރިންވެސް އާ އީޖާދުތައް ރާއްޖެއަށް ތައާރަފްކުރެއްވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ފަރާތެކެވެ.

މި ލިއުމާއި ގުޅޭ