Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އުރީދޫން މުޅި އަހަރަށް ޑޭޓާ ލިބޭ ޕްލޭނެއް

އުރީދޫގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް މުޅި އަހަރަށް ޑޭޓާ ލިބޭ "އަހަރީ" ޕްލޭނެއް ތައާރަފްކޮށްފި އެވެ.

ޖުމްލަ 365 ޖީބީ ޑޭޓާ ލިބޭ އެ ޕްލޭން އެކްޓިވޭޓްކޮށްގެން ޑެއިލީ އެއް ޖީބީ ޑޭޓާ ލިބޭނެ އެވެ. އެ ޕްލޭނުގެ އަގަކީ 3000ރ. އެވެ.
އުރީދޫން ބުނިގޮތުގައި "އަހަރީ ޕްލޭން" ޑިޒައިންކޮށްފައި ވަނީ ގިނަގިނައިން ރީޗާޖް ކުރަން ބޭނުން ނުވާ ކަސްޓަމަރުންނަށާއި އަދި ދިގު މުއްދަތަށް ޑޭޓާ ނަގަން ބޭނުންވާ ޕްރީޕެއިޑް ކަސްޓަމަރުންނަށެވެ.

އެގޮތުން އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އުރީދޫ އެޕުގެ އިތުރުން UD365 ޖެހުމަށް ފަހު 5555 އަށް އެސްއެމްއެސްކޮށްގެން ވެސް އެ އަހަރީ ޕްލޭން އެކްޓިވޭޓު ކުރެވޭނެ އެވެ.

އަދި އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުންނަށް އުރީދޫ ފިހާރައިން ނުވަތަ ޕާޓްނާ ޝޮޕަކުން ސްޓޭންޑަޑް ޕްރީޕެއިޑް ޕްލޭނެއް އެކްޓިވޭޓްކުރުމަށްފަހު، އެ ޕްލޭން އެކްޓިވޭޓް ކުރެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

މި ލިއުމާއި ގުޅޭ