Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

އެމްޑީޕީގެ ޕްރައިމެރީއާ މެދު ޕާޓީގެ މެންބަރުން ފުންކޮށް ވިސްނަން އިމްރާން އެދިވަޑައިގެންފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ މެދު އެ ޕާޓީގެ ހުރިހާ މެންބަރުން ފުންކޮށް ވިސްނުމަށް، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެދިވަޑައިގެންފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާގެ ފަރާތެއް ހޮވުމަށް ބާއްވާ ޕްރައިމަރީގެ ކެމްޕެއިން މިހާރު ވަނީ ފަށާފަ އެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯދަން ވާދަކުރަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެކަމާ ގުޅުވައި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އަދި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީއަކީ އެހެން ފަރާތްތަކާ ސީދާ ގޮތުން ގުޅުން ނެތަސް ގައުމީ މަސްލަހަތާ ގުޅުންހުރި ކަމެއް ކަމަށެވެ.
އެގޮތުން ގައުމީ މަސްލަހަތާ ގުޅުހުންހުތި ގިނަ ކަންކަން ޕްރައިމަރީގެ ފަހަތުގައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ވީއިރު އެމްޑީޕީގެ ހުރިހާ އިއްޒަތްތެރި މެންބަރުން މިކަމާ ވިސްނައި ވަޑައިގަތުން މުހިންމެވެ،" އިމްރާން ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯދަން ރައީސް ނަޝީދާއި ރައީސް ސޯލިހު ކެމްޕެއިން ފަށާފައިވާއިރު، އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގެ ރިޔާސީ ޓިކެޓު ހަވާލުކުރި ފަހުން އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ވަނީ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް އެމަނިކުފާނުގެ މައްޗަށް ހުކުމެއް ކުރީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް ބުނެ "ހަރާމް ހުކުމް" ގެ ނަމުގައި އިދިކޮޅުން އަންނަނީ ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ.
މި ލިއުމާއި ގުޅޭ