Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހިޔާ ފްލެޓުތައް

ހިޔާ ސަރަހައްދުން ރައީސް ނަޝީދަށް ބޮޑުކޮށް ނޫނެކޭ ބުނެފި

ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކައި އެ ސަރަހައްދުގައި ތަރައްޤީކުރި ހިޔާ ފުލެޓުތައް ހުންނަ ސަރަހައްދަށް ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަޑައިގަތުމުން ހިޔާ ފުލެޓުތަކުގައި އުޅޭ ރައްޔިތުން ރައީސް ނަޝީދަށް ބޮޑުތަނުން ނޫނެކޭ ބުނެފިއެވެ.

ނަޝީދު މިއަދު ހަވީރު ސައިފޮދަކާއެކު އެ ސަރަހައްދުގައި ބޭއްވެވި ބައްދަލުވުން ފަށަން ކުޑަތަންވީއިރުވެސް އެ ސަރަހައްދުގައި ތިބީ ވަރަށް މަދު ބައެކެވެ. ނަޝީދު ބައްދަލުވުމަށް ވަޑައިގެންނެވިއިރުވެސް އެ ސަރަހައްދަށް ޖަމާވި މީހުން މަދުވުމުން އެތަނަށް ވަޑައިގެން ޓަވަރަކަށް އަރާވަޑައިގެން ފުލެޓަކަށް ވަޑައިގެންނެވިއެވެ.

ފުލެޓަށް ނަޝީދު ވަދެވަޑައިގެންނެވި ފަހުން މާލެއިން ބަޔަކު ގެނެސް އެ ސަރަހައްދަށް އެއްކުރިއެވެ. ނަމަވެސް ފުލެޓުން ފާބާވަޑައިގެން މާލެއިން އައިސް ތިބި މީހުންނާއެކު ބައްދަލުވުން ކުރިއަށްގެންދެވިއިރު އެ ބައްދަލުވުމުގައި 100 އެއްހައި މީހުންވެސް ނުތިބޭނެއެވެ.

ރައީސް ނަޝީދުގެ ކެމްޕޭން ބައްދަލުވުން ކުރިއަށްދިޔަ ވަގުތުގައި ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ ބައެއް އާންމުންވަނީ ނިކުމެ އެމަނިކުފާނާ ދެކޮޅަށް އިހުތިޖާޖުކޮށް އަޑުއުފުލާފަައެވެ. އިހުތިޖާޖުކުރި މީހުން ބުނަމުންދިޔައީ ކުރިން އެހީތެރިކަން ހޯދުމަށް އެދިގެން ރައީސް ނަޝީދު އަރިހަށް ހިޔާ ފުލެޓު ލިބުނު މީހުން ދިއުމުން އެމީހުންގެ އާދޭސްތައް އެމަނިކުފާނު އަޑުނޭއްސެވި ކަމަށެވެ.

ފުލެޓުވެރިންގެ ތެރެއިން އިހުތިޖާޖަށް ނިކުތް މީހުން ގޮވަމުންދިޔައީ ނަޝީދަށް އަދި އެމްޑީޕީއަށްވެސް އެ ސަރަހައްދުން ލިބޭނެ ވޯޓެއް ނޯންނާނެ ކަމަށާއި، އިންތިޚާބުގައި ގޮތް ނިންމުމުގެ ބޮޑު ބާރެއް މިހާރު އޮތީ ހިޔާ ސަރަހައްދުގެ އާބާދީގެ އަތްމަތީގައި ކަމަށެވެ. އަދި އެ ސަރަހައްދުން އެމްޑީޕީއަށް ވޯޓު ނުލިބޭނެ ކަމަށެވެ.

ހިޔާ ފުލެޓުތަކުގައި 30،000 އާ ގާތްކުރާ މިންވަރުގެ ބޮޑު އާބާދީއެއް ދިރިއުޅޭއިރު އެ ސަރަހައްދަށް ނަޝީދު ވަޑައިގަތުމުން 100 އެއްހައި މީހުން ބައްދަލުވުމަށް ނުނިކުތުމުން އެ ސަރަހައްދުގައި އެމަނިކުފާނަށް ތާއީދެއް ނެތްކަން ސާފުވާކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުންޏެވެ.

"ނަޝީދަށްވެސް ޞާލިޙަށްވެސް މިތާކު ތާއީދެއް ނެތް. އެމީހުންނަކީ މިތަންތަނަށް އަހަރުމެން ވަނަނުދޭން މިތަންތަން ތަޅައިލަން އުޅުނު މީހުން. އެމީހުން މިތަނަށް އަޔަސް މަރުހަބާއެއް ނުކިޔާނެ،" ހިޔާ ފުލެޓެއްގައި ދިރިއުޅޭ މީހަކު ބުންޏެވެ.

މި ލިއުމާއި ގުޅޭ