Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

ހަރާމް ހުކުމް ކިޔުން ހުއްޓުވައިދިނުމަށް ކުރިމިނަލް ކޯޓުން ޖޭއެސްސީގައި އެދިއްޖެ

އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމަކީ ހަރާމް ހުކުމެއްކަމަށް ކިޔުން ހުއްޓުވައިދިނުމަށް ކުރިމިނަލް ކޯޓުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އެދިއްޖެއެވެ.

ޖޭއެސްސީއަށް ކުރިމިނަލް ކޯޓުން ސިޓީއެއް ފޮނުވައި އެދިފައިވަނީ އިދިކޮޅު ފަރާތްތަކުން މުޒާހަރާގައި ޝިއާރެއްގެ ގޮތުގައި ބޭނުންކުރާ "ހަރާމް ހުކުމް" ޝިއާރު ބޭނުންކުރުން ހުއްޓުވައިދިނުމަށްކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ އިސްވެރިޔަކު "ދިޔަރެސް"އަށް މައުލޫމާތު ދެއްވިއެވެ.

ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި ނިމުނު ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގައި ކުރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމަކީ ސިޔާސީ ނުފޫޒުން އިއްވާފައިވާ ހަރާމް ހުކުމެއްކަމަށް އިދިކޮޅު ކޯލިޝަނާއި އެ ކޯލިޝަނަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ.

ކުރިމިނަލް ކޯޓުން އެ ޝިއާރު ބޭނުންކުރުން ހުއްޓުވައިދިނުމަށް ޖޭއެސްސީގައި އެދުމާ ގުޅިގެން، އެ ކޮމިޝަނުން މިހާރު އަންނަނީ އެކަމާމެދު އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރަމުންކަމަށް "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ޖޭއެސްސީގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވެވީ ކުރިމިނަލް ކޯޓުގެ އިސްޤާޟީ އަޙްމަދު ޝަކީލެވެ. ޝަކީލު އިއްވެވި ހުކުމަކީ "ދިޔަރެސް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިމިނަލް ކޯޓުގެ ޤާޟީ މުހައްމަދު މިސްބާހު ލިޔުއްވާފައިވާ ހުކުމެކެވެ.

އެ ހުކުމާ ގުޅިގެން އިދިކޮޅު އިއްތިހާދުން އަންނަނީ ސިލްސިލާ ގޮތެއްގައި މާލޭގައި މުޒާހަރާކުރަމުންނެވެ. އަދި ފާއިތުވި ހުކުރުދުވަހުގައި މުޅި ދިވެހިރާއްޖޭގައި އިދިކޮޅުންވަނީ އިހުތިޖާޖުކޮށްފައެވެ.

މި ލިއުމާއި ގުޅޭ