Saturday 13th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައިފް ސްޓައިލް

ޝެފް ލާލް ފޮންސެކާ ތައާރަފްކުރާ ރާއްޖެއާއި ސްރީލަންކާގެ ކެއުންތަކުގެ ރެސިޕީ ފޮތެއް

އޯބްލޫ ނޭޗާ ހެލެނގެލީގެ ފުޑް އެންޑް ބެވެރެޖަސް ޑައިރެކްޓަރ ލާލް ފޮންސެކާވަނީ، ރާއްޖެގެ ކައްކައިންނާ ގުޅިގެން "ރާއްޖެ އަދި ސްރީލަންކާ ކައްކާފޮތް" ތައާރަފް ކޮށްފައެވެ. މި ބޭނުންތެރި ފޮތުގައި ދެ ގައުމުގެ ކެއުމުގައި އެކުލެވޭ އެއްވަތަރު ރަހަތައް ފާހަގަކޮށްފާއެވެ.

އޮކްޓޯބަރު 2022ގައި ނެރުނު ކައްކާފޮތަކީ ރާއްޖެއަށް ތަހްސީސްކޮށް ލޯތްބާއިއެކު އޭނާ ލިޔުނު ފޮތެކެވެ. 17 އަހަރު ރާއްޖޭގައި ދިރިއުޅުނުއިރު، ރާއްޖޭގެ ޝެފުންނާއި އާންމު ކައްކައިންނާއިއެކީ މަސައްކަތްކޮށް އެމީހުން ފަރާތުން ދަސްކުރުމުގެ ތެރެއިން އޭނާގެ ހިތުގައިވަނީ ދިވެހި ކެއްކުމާއި ރަހަތަކަށް ޝައުގުވެރިކަން އުފެދިފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ މީހުންނަށް ގައުމުގެ އެކި ބާވަތުގެ ކާތަކެތި ތައްޔާރުކުރަން ލޯބި ހުންނަ ޝެފް ކެއްކުމުގެ މަސައްކަތުން ޗުއްޓީއެއް ނަގައި މިފަހުން ތައްޔާރުކުރީ ކައްކާ ފޮތެކެވެ. 15 ރެސިޕީއެއްގެ ތަފްސީލް ހިމެނޭ އިނގެރޭސިން އޮތް 42 ގަނޑުގެ ކައްކާފޮތް ލިޔުނުއިރު ދިވެހި ޝެފުންނާއި މުޖުތަމައުގެ ހިޔާލު ލާލްވަނީ ހޯދާފަވެއެވެ. އަދި މަސްހުނި، މަސްރޮށި ފަދަ ދިވެހި އާންމު ކެއުންތައް ތައްޔާރުކުނެ ގޮތް ފޮތުގައި އޭނާ ހިމެނިއެވެ.

"މީ އަހަރެންގެ ފުރަތަމަ ފޮތް. މި ފޮތުން އަހަރެން ބޭނުމީ ލަންކާ އަދި ދިވެހި ކެއުންތައް މުޅި ދުނިޔެއަށް ދައްކުވައިދޭން. ކިޔުންތެރިންނަށް އެނގިގެންދާނެ ރާއްޖޭގެ މަޝްހޫރު ކެއުންތައް ތައްޔާރު ކުރަން. އަދި ރާއްޖެއާއި ލަންކާ ކެއްކުމުގައި ހުރި ކުދިކުދި ތާފާތުކަންތައްތައްވެސް ދަސްވާނެ. މިސާލަކަށް، ރާއްޖޭގެ ކެއްކުމުގައި އާންމުކޮށް ބޭނުން ކުރާ ދިވެހި މިރުސް، ލަންކާގަ ބޭނުންކުރާ ފެހި މިރުހައްވުރެން މާ ކުޅިވެފަ، ވަހާއި ރަހަވެސް މާ ގަދަވާނެ." ޝެފް ލާލް ފޮންސެކާ ބުންޏެވެ.

ލާލް ފޮންސެކާއަކީ އުތުރު މާލެގައި އޮންނަ 4 ސްޓާގެ ރިސޯޓެއްކަމަށްވައި އޯބްލޫ ހެލެނގެލީގެ އެފް އެންޑް ބީ ޑައިރެކްޓަރެވެ. ޖެޓްވިންގް، ސޮނެވާ، ސިކްސް ސެންސަސް، އަދި ލިލީ ބީޗްފަދަ ނަންވިދާ ހޮސްޕިޓާލިޓީ ބްރޭންޑް ތަކުގައި 25 އަހަރުގެ ކަލިނަރީ ތަޖުރިބާ އޭނާ ހާސިލްކޮށްފައިވެއެވެ. ގިނަ އަހަރުތަކެއްގެ ތެރެއިން ލާލް ވަނީ ކާއެއްޗިހީގެ ޓްރެންޑްތައް ދެނެގަންނަން ދަސްކޮށްފައެވެ.

ސްރީލަންކާގެ ރައްޔިތެއްކަމުގައި ވިޔަސް ލާލް މަސައްކަތްކޮށް ދިރިއުޅުނު ގައުމުތަކުގެ ތެރޭގައި ތައިލޭންޑް، އިންގުލޭންޑް، ސްވިޓްޒަލޭންޑް، އޮސްޓުރޭލިއާ، ޕާޕާ ނިއު ގިނީ، އަދި ދިވެހި ރާއްޖެ ހިމެނެއެވެ. އޯބްލޫ ނޭޗާ ހެލެނގެއްޔަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް ތައްޔާރުކުރާ ހުނަރުވެރި މެނޫތަކާއި، އޭނާ ފަރުމާކޮށް ތައްޔާރުކުރާ ތަފާތު ކެއުންތަކުގެ ކޮންސެޕްޓްތަކުން، އެކި ގައުމުތަކުގެ ސަގާފަތަށް އޭނާގެ ހިތުގައި އޮންނަ ލޯތްބާއި ސަގާފީ ފިކުރުގެ މުއްސަނދިކަން ފެނިގެންދެއެވެ.

"މޯލްޑިވިއަން އެންޑް ސްރީލަންކަން ކުކްބުކް" ފޮތް އޯބްލޫ ހެލެންގެލީގެ "އެސެންސް" ފިހާރަތަކުން 15 ޑޮލަރަށް ގަންނަން ލިބެން ހުންނާނެއެވެ.

މި ލިއުމާއި ގުޅޭ