Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މިއަދު މެންދުރުފަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނިގޮތުގައި އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި މިއަދު މެންދުރުފަހު 2:00 އިން ފެށިގެން ހަވީރު 4:00 އާއި ދޭތެރޭ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެއެވެ.

އެގޮތުން ހެންވޭރު އަމީރު އަހުމަދު މަގާއި، ކަސްތޫރިމަގު އަދި ރޯޝަނީ ގޯޅިން ކަރަންޓުގެ ހިދުމަތް މެދުކެނޑި ދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ކަރަންޓުގެ ހިދުމަތް މެދުކެނޑުމާ ގުޅިގެން ދިމާވާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފައިވާއިރު މީގެ ކުރިންވެސް ސްޓެލްކޯގެ މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެއެވެ.

މި ލިއުމާއި ގުޅޭ