Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވަލްޑަމިއަރު ޕުޓިން

ޔޫކުރެއިނު ހަނގުރާމައިގައި މަރުވި ރަޝިޔާ ސިފައިންގެ އާއިލާތަކަށް ފައިސާ ދިނުމަށް ޕުޓިން ނިންމަވައިފި

ފާއިތުވި އަހަރުގެ ފެބްރުއަރީ މަހުގައި ރަޝިޔާއިން ޔޫކުރެއިނަށް އަރައި ފެށި ހަނގުރާމައިގައި މަރުވި އެ ޤައުމުގެ ސިފައިންގެ އާއިލާތަކަށް ފައިސާގެ ބަދަލު ދިނުމުގެ ޤަރާރެއްގައި ރަޝިޔާގެ ރައީސް ވަލްޑަމިއަރް ޕުޓިން ސޮއިކުރައްވައިފިއެވެ.

އަންގާރަދުވަހު ޕުޓިން ސޮއިކުރެއްވި ޤަރާރުގައި ބުނެފައިވަނީ ޔޫކުރެއިނުގައި ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ރަޝިޔާ ސިފައިންގެ އާއިލާތަކަށް ފައިސާގެ އެހީތެރިކަމެެއްގެ ގޮތުގައި ކޮންމެ އާއިލާއަކަށް 5 މިލިއަން ރޫބްލް ނުވަތަ 68،800 އެމެރިކާ ޑޮލަރު ދޭނެކަމަށެވެ.

އަދި މި ޤަރާރުގައި ބަޔާންކޮށްފައިވަނީ ރަޝިޔާގެ ސިފައިންނާއި ސަލާމަތީ ބާރުތަކުގެ މުވައްޒަފުންނާއި އެމީހުންގެ އާއިލާތަކަށް އިތުރު އިޖުތިމާއީ ރައްކާތެރިކަމާއި ޔަގީންކަން ފޯރުކޮށްދޭނެ ކަމަށެވެ. މި ޤަރާރުވަނީ ރަޝިޔާގެ ޤާނޫނީ މައުލޫމާތާ ބެހޭ އިދާރާގެ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.

ހަނގުރާމައިގައި އަނިޔާވެ ނުވަތަ ބޮޑު ގެއްލުމެއް ލިބުނު ސިފައިންނަށް 3 މިލިއަން ރޫބްލް ނުވަތަ 41،300 އެމެރިކާ ޑޮލަރުގެ ފައިސާގެ އެހީއެއް ދިނުމަށްވެސް އެ ޤަރާރުގައި ހިމަނާފައިވެއެވެ.

ފެބްރުއަރީ 24 ގައި ރަޝިޔާއިން ޔޫކުރެއިނަށް އެރި ފަހުން ފާއިތުވި މުއްދަތުގައި މަރުވި ސިފައިންނާއި އަނިޔާވި ސިފައިންނަށް މި ޤަރާރުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭއިރު މި ޤަރާރުގައި ޕުޓިން ސޮއިކުރެއްވި ތާރީޚުން ފެށިގެން ޤަރާރަށް އަމަލުކުރަންވަނީ ފަށައިފައެވެ.

މި ލިއުމާއި ގުޅޭ