Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓެސްލާ

ޓެސްލާގެ އުޅަނދުތައް ދުއްވޭނެ ދުރުމިން އޮޅުވައިލުމުން ދެކުނު ކޮރެއާއިން އެ ކުންފުނި ޖޫރިމަނާކޮށްފި

ހޫނުމިން ދަށްވުމުން ޓެސްލާ ކާރުތައް ދުއްވޭ ރާސްތާ ކުރުވާކަން އެ ޤައުމުގެ ކަސްޓަމަރުންނަށް އެ ކުންފުނިން ހާމަނުކުރީތީ އެ ކުންފުނި ޖޫރިމަނާކުރަން ނިންމާފައިވާކަމަށްނ ދެކުނު ކޮރެއާގެ ވިޔަފާރި ރެގިއުލޭޓުކުރާ އިދާރާއިން ބުނެފިއެވެ.

ކޮރެއާ ފެއާ ޓްރޭޑް ކޮމިޝަން (ކޭއެފްޓީސީ)އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓެސްލާއިން އެ މައުލޫމާތު ވަންހަނާކޮށް އޮޅުވާލާފައިވާތީ އެ ކުންފުނިން 2.2 މިލިއަން އެމެރިކާ ޑޮލަރު (2.85 ބިލިއަން ވޮން)އިން ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ 2019 ވަނަ އަހަރުން ފެށިގެން ދާދި ފަހަކާޖެހެންދެން ޓެސްލާއިން އެ ކުންފުނީގެ ކާރުތަކުގެ ބެޓެރީ އެއް ބުރަށް ޗާޖުކޮށްގެން ދުއްވޭނެ ރާސްތާއާއި، ގޭސް ކާރުތަކާ އަޅާބަލާއިރު ޓެސްލާ ކާރުތަކުގެ ޚަރަދު ކުޑަވާ މިންވާއި އޭގެ ސުޕްޗާޖަރުތަކުގެ ޤާބިލުކަން ބޮޑުކޮށްގެން އިޝްތިހާރުކޮށްފައިވާ ކަމަށެވެ.

އަންގާރަދުވަހު ކޭއެފްޓީސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން ޓެސްލާގެ ކާރުތައް ފިނި މޫސުމުގައި ދަތުރުކުރާ ރާސްތާ އެ ކުންފުނިން އޮންލައިންކޮށް އިޝްތިހާރުކުރި މިންވަރަށްވުރެ 50.5 އިންސައްތަ ދަށްވާކަމަށެވެ.

މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީޑިއާއަށް ޓެސްލާއިން އެއްވެސް މައުލޫމާތެއް ހާމަނުކުރެއެވެ.

ސުން ޑިގުރީއަށްވުރެ ތިރިއަށް ފިނިމިން ވެއްޓުމުން ޓެސްލާ ކާރަށް އެއް ޗާޖުގައި ދަތުރުކުރެވޭ ރާސްތާ ކުޑަވާކަން އެ ކުންފުނީގެ ވެބްސައިޓުގައި ހާމަކޮށްފައިނުވެއެވެ. ނަމަވެސް ފިނިމޫސުމުގައި ޓެސްލާ ކާރުގައި ދަތުރުކުރާއިރު ބެޓެރެ ޗާޖުކުރެވޭނެ އިތުރު ގޮތެއް ކާރުގައި ބޭއްވުމަށާއި، އެ ކުންފުނީގެ ހަކަތައިގެ ހާލަތު ވަޒަންކުރާ އެޕްލިކޭޝަން ބޭނުންކުރުމަށް އެ ކުންފުނިން އިރުޝާދު ދީފައިވެއެވެ.

ދެކުނު ކޮރެއާގެ ކޮންޒިއުމާ ގުރޫޕެއްކަމަށްވާ ސިޓިޒެންސް ޔުނައިޓެޑް ފޯ ކޮންޒިއުމާ ސޮވެރިނިޓީން 2021 ވަނަ އަހަރު ޝާއިއުކުރި ރިޕޯޓެއްގައި ބަޔާންކޮށްފައިވަނީ ހުރިހާ އެއްފަހަރު ބެޓަރި ޗާޖުކޮށްގެން ހުރިހާ ކަރަންޓު އުޅަނދަކަށްވެސް ދަތުރުކުރެވޭ ރާސްތާ ފިނި މޫސުމުގައި 40 އިންސައްތަ ކުޑަވާކަމަށެވެ. އަދި އެންމެ ބޮޑަށް ދަތުރުކުރެވޭ ރާސްތާ ކުޑަވަނީ ޓެސްލާގެ އުޅަނދުތަކުގައިކަން އެ ރިޕޯޓުގައި ފާހަގަކުރިއެވެ.

ޖަރުމަން ކާރު ކުންފުނި މާސިޑީސް-ބެންޒްގެ ޑީސަލް އުޅަނދުތަކުން ޖައްވަށް ގޭސް ދޫކުރާ މިންވަރު އޮޅުވައިލުމުން 20.2 ބިލިއަން ވޮންއިން އެ ކުންފުނި ޖޫރިމަނާކުރަން ކޭއެފްޓީސީން ނިންމާފައިވަނީ ފާއިތުވި އަހަރުއެވެ.

މި ލިއުމާއި ގުޅޭ