Wednesday 24th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެއްޖިންސުން ގުޅުން ހިންގުން

އަލަމްގިރި މައްސަލަ: ބްލެކްމެއިލްކުރިކަމަށް ބުނާ މައްސަލަ ފައިލްކޮށްފި

ބަންގުލަދޭޝަށް ނިސްބަތްވާ ފިރިހެނަކާއެކު ގިނަބަޔަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ ރިކޯޑުކޮށް، އެމީހުން ބްލެކްމެއިލްކުރި މައްސަލައިގައި ހައްޔަރު ކުރި ތިން މީހުން ވެސް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިދާރާއިން ބުނީ އެ މައްސަލައާ ގުޅޭގޮތުން ލިބިފައިވާ ހެކިތަކަކީ ޖިނާއީ ދައުވާއެއް ކުރެވޭވަރުގެ ބުރަދަންހުރި ހެކިތަކެއް ނޫން ކަމަށް ޕީޖީން ލަފާ ދީފައިވާ ކަމަށެވެ.

އެހެންކަމުން މައްސަލަ ފައިލް ކުރުމަށް ޕީޖީ އޮފީހުން ލަފާދީފައިވާތީ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން މިދިޔަ ނޮވެމްބަރު މަހު ދޫކޮށްލައި، މައްސަލަ މިހާރު ފައިލް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލަ ފައިލްކުރި ނަމަވެސް، އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ލިބިއްޖެނަމަ، މައްސަލަ އަލުން ބެލުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ފުލުހުން ފަސް މީހަކު ހައްޔަރުކޮށްފައިވީ ނަމަވެސް މުއްދަތު ޖަހާފައިވަނީ ށ. ފުނަދޫ، ސީސްޓާ، އުމުރުން 41 އަހަރުގެ މައުމޫން މޫސާއާއި ބ. ދަރަވަންދޫ، ހީމަ، މުހައްމަދު މިހާދު މުސްތަފާ، 24، ގެ އިތުރުން ބ. ދަރަވަންދޫ، އަކިރި، ހަމްދޫން އަބްދުﷲ، 37،އެވެ. މި މައްސަލާގައި ހިމެނޭ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރު ވަނީ އޭނާގެ މައްޗަށް ދައުވާކުރި ހުރިހާ ދައުވާ އަކަށް އިއުތިރާފު ވެފައެވެ.

ބަންގްލަދޭޝް އަށް ނިސްބަތްވާ އަލަމްގިރް އާއި އެކު ގިނަ އަދަދެއްގެ ދިވެހި ފިރިހެނުން އެއްޖިންސުން ގުޅުން ހިންގި ވީޑިއޯތަކެއް އާންމުވެފައިވާއިރު، އޭގެ ތެރޭގައި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި މީހުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ނަޝީދު ވެސް ހިމެނެއެވެ.

މި ލިއުމާއި ގުޅޭ