Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރަޝިޔާ

ހުޅަނގުގެ ޤައުމުތަކުން ގޭހަށް ނުދައްކައި ހުރި ފައިސާ ބޭރު ފައިސާއިން ދެއްކުމުގެ ހުއްދަ ޕުޓިން ދެއްވައިފި

ރަޝިޔާއިން ގޭސް ގަތުމަށްފަހު ހުޅަނގުގެ ޤައުމުތަކުން ނުދައްކައި ހުރި ފައިސާ ބޭރު ފައިސާއިން ދެއްކުމުގެ ހުއްދަ ރަޝިޔާގެ ރައީސް ވަލްޑަމިއަރް ޕުޓިން ދެއްވައިފިއެވެ.

ހުކުރުދުވަހު ޕުޓިން ސޮއިކުރެއްވި ޤަރާރާއެކު މިހާތަނަށް ރަޝިޔާއިން ފޯރުކޮށްދިން ގޭހަށް ފައިސާ ނުދައްކައި ހުރި ހުޅަނގުގެ ޤައުމުތަކަށް އެމެރިކާ ޑޮލަރާއި ޔޫރޯއިން ރަޝިޔާއަށް އެ ފައިސާ ދެއްކޭނެއެވެ.

ނިމުނު އަހަރުގެ ފެބްރުއަރީގައި ރަޝިޔާއިން ޔޫކުރެއިނަށް އެރުމާ ގުޅިގެން ޔޫރަޕުގެ ޤައުމުތައް ހިމެނޭހެން ހުޅަނގުން ރަޝިޔާއާ ދެކޮޅަށް ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅިއެވެ. އެ ފިޔަވަޅުތަކާ ގުޅިގެން ރަޝިޔާއިންވަނީ އެ ޤައުމުގެ ގޭހާއި ތެލަށް ރަޝިޔާގެ ރޫބަލްއިން ފައިސާ ދައްކަން އަންގާފައެވެ.

ޕުޓިންގެ ޤަރާރާއެކު ރަޝިޔާއިން ތެޔޮ ގަތުމަށްފަހު ނުދައްކައިހުރި ފައިސާ ބޭރު ފައިސާއިން ދެއްކުނު ނަމަވެސް ބައެއް ޤައުމުތަކަށް ގޭސް ވިއްކުން ހުއްޓައިލުމަށް ރަޝިޔާއިން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ނިމުނު އަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅުގައި ރަޝިޔާގެ ދައުލަތުގެ ގޭސް ކުންފުނި ގޭޒްޕްރޮމްއިންވަނީ ޕޮލޭންޑާއި ބަލްގޭރިއާއަށް ގޭސް ވިއްކުން ހުއްޓާލާފައެވެ. އެ ޤައުމުތަކަށް ގޭސް ވިއްކުން ހުއްޓައިލީ މާޗު 31 ވަނަ ދުވަހުން ފެށިގެން ގޭހަށް ރޫބުލްއިން ފައިސާ ދައްކަން ރަޝިޔާއިން އެންގުމުން އެކަމަށް ތަބާނުވުމާ ގުޅިގެންނެވެ.

ރޫބްލްއިން ފައިސާ ދެއްކުމަށް ދެކޮޅުހަދާފައިވާތީ ފިންލޭންޑާއި ނެދަލޭންޑްސްއާއި ޑެންމާކާއި ލެތުވިއާ އަދި ޖަރުމަނަށް ގޭސް ފޯރުކޮށްދޭ ކުންފުނިތަކަށް ގޭސް ވިއްކުން ހުއްޓައިލުމަށް ގޭޒްޕްރޮމްއިން ނިންމާފައިވެއެވެ.

މި ލިއުމާއި ގުޅޭ