Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފްލައިން ސުކޫލް

ފްލައިންގް ސްކޫލުން ދޮގު މައުލޫމާތު ފަތުރާކަމުގެ ތުހުމަތު ދަރިވަރުންތަކެއް ކޮށްފި

މޯލްޑިވިއަން އޭވިއޭޝަން އެކެޑެމީއިން ދައުލަތުގެ މީޑިއާ ބޭނުންކޮށްގެން ދޮގު މައުލޫމާތު ފަތުރާ ކަމުގެ ތުހުމަތު ސްކޫލުން ތައުލީމް ހާސިލް ކުރުން މެދުކެނޑިފައިވާ ދަރިވަރުންތަކެއް ކޮށްފިއެވެ.

"ދިޔަރެސް"އަށް މައުލޫމާތު ދިން ދަރިވަރުން ބުނާގޮތުން، މޯލްޑިވިއަނުން ހިންގަމުން އަންނަ އެމްއޭއޭއިން މިދިޔަ މަހުގައި ބޭއްވި ޖަލްސާ އެއްގައި ދީފައިވާ މައުލޫމާތަކީ ދޮގުކަމަށެވެ. އެއީ އެ ސްކޫލުން 7 ކުއްޖަކު މިހާރުވަނީ ކިޔަވާ ނިންމާފަކަމަށް އެ ޖަލްސާގައި ބުނެފައިވާތީއެވެ. ޕީއެސްއެމްއިން ޑިސެމްބަރު 16 ވަނަ ދުވަހު ޝާއިއުކުރި ލިޔުމަކަށް ރިއާޔަތްކޮށް "ދިޔަރެސް"އަށް މައުލޫމާތުދިން ދަރިވަރު ބުނާގޮތުން، އެ ލިޔުން މިހާރުވަނީ ބަދަލުކޮށްފައެވެ. ފުރަތަމަ ނެރުނު އިރު ލިޔުމުގައ އޮތީ 7 ދަރިވަރަކު ކިޔަވާ ނިމުނުކަމަށެވެ.

ހަމައެއާއެކު، އެ ލިޔުމުގައި ވާގޮތުން "...ކޮމާޝަލް ޕައިލެޓް ލައިސެންސާއިއެކު މިވަނީ (ދަރިވަރުން) ބެޗެލާރސް ހާސިލްކޮށްފައެވެ. އެހެންނަމަވެސް ރާއްޖޭގައި ވަޒީފާގެ ބާޒާރަށް ނަގަނީ މާސްޓަރސް ލެވެލްއިންކަމަށްވާތީ މިކުދިން މާސްޓާރސް ނިންމުމަށް މިހާރު އަންނަނީ މަސައްކަތްކުރަމުންނެވެ". ދަރިވަރު ބުނި ގޮތުގައި މި ދާއިރާއަކީ ބެޗެލާރސް އަދި މާސްޓަރސް ހަދަން ޖެހޭ ދާއިރާއެއްނޫންކަމަށެވެ. އާޓިކަލްއަށް ބަދަލުތަކެއް ގެނެސްފާވާއިރު މިކުށް އޮތީ ބަދަލު ނުކޮށް ކަމަށް ދަރިވަރު ފާހަގަކުރިއެވެ.

ކުރިން އޭޝިއަން އެކެޑެމީ އޮފް އެރޯނޮޓިކްސްގައި ކިޔެވި ދެ ދަރިވަރުން "ދިޔަރެސް"އަށް މައުލޫމާތުދިން ގޮތުން އެމްއޭއޭއިން، ރާއްޖޭގައި ޕައިލަޓު ވަޒީފާއެއް ލިބުމަށް ޝަރުތުތުތަކުގެ ތެރެއިވާ އިންސްޓުރަމެންޓް ޓްރެއިނިންގް ނުކިޔަވައިދޭތީ ދަރިވަރުން ދާންޖެހުނީ ސްޕެއިނަށެވެ. މިމަހުގެ 15 ހިސާބު ސިމިއުލާޓަރ ރާއްޖެ އައިސް ޓްރެއިނިންގް ފެށޭނެކަމަށް ފްލައިންގް އެކެޑެމީގެ ހެޑް ޓްރެއިނަރ ބުނިކަމަށްވެސް އެ ދަރިވަރުން މައުލޫމާތު ދިނެވެ.

އައިއާރު ތަމްރީނުތައް ހެދުމުގެ ބޭނުމަކީ ހަމައެކަނި ފްލައިޓްގައި ހުންނަ އިންސްޓުރަމެންޓްސްތަކުގެ އެހީގައި، ގަދަ ވިއްސާރަ ވެހޭއިރު، ބޯ ވިލާތަކުގެ ތެރެއިން ދާން ޖެހޭއިރު، ނޫނީ ފޮގް އުފެދިފައިވާ ހިސާބަކުން ދާއިރު ފްލައިޓް ކޮންޓްރޯލްކުރަން ދަސްކުރުމެވެ. ދިގު ރާސްތާއެއް ހުރަސް ކުރާއިރު އައިއާރު ޓްރެއިނިންގް ހެދިފައި އޮތުމަކީ ޒަރޫރީ ކަމެކެވެ. މިހާތަނަށް މި ކޯސް ރާއްޖޭގައި ނުހެދޭ ސަބަބަކީ މި ކޯހުގެ މިންގަނޑުތަކައް ފެތޭވަރުގެ ފްލައިޓެއް، ނޫނީ ސިމިއުލޭޓަރެއް އެމްއޭއޭގައި ނެތުމެވެ.

މިހެން މިކަން އޮތްއިރު، "ދިޔަރެސް"އަށް މައުލޫމާތުދިން އެއް ދަރިވަރު ބުނި ގޮތުން، މޯލްޑިވިއަންއިން ދަރިވަރުން ކައިރީގައި ބުނެފައިވަނީ ކޯސް ފުރިހަމަ ނުކުރެވިގެން މޯލްޑިވިއަން އިން ވަކިވާ ކުދިންނަށް ރީފަންޑް ދޭނެކަމަށެވެ. ނަމަވެސް މިހާރު ބުނަނީ ނިންމާފައިވާ ކޯހެއްގެ ރީފަންޑް އަނބުރާ ނުދޭނެކަމަށެވެ.

މި ލިއުމާއި ގުޅޭ