Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

އާ އަހަރު ފާހަގަކުރަން ރައީސް ސޯލިހް ލަންކާގައި ބޮޑު ޕާޓީއެއް ބާއްވައިފި

2023 ވަނަ އަހަރު ފެށުން ފާހަގަކުރެެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަވަށްޓެރި ސްރީލަންކާގައި ބޮޑު ޕާޓީއެއް ބާއްވައިފިއެވެ.

ލަންކާ ހޮޓަލެއްގެ ބޯލް ރޫމްގައި ބޭއްވި މި ޕާޓީގައި ރައީސް ސޯލިހްގެ އަނބިކަނބަލުންގެ ފަޒުނާ އަހުމަދާއި އެ އާއިލާގެ ގިނަ ބަޔަކު ބައިވެރިވިއެވެ. "ވައިޓް ޕާޓީ" ތީމަށް ބޭއްވި މި ޕާޓީގައި ހުރިހާ އެންމެންވެސް ތިބީ ހުދު ހެދުން ލައިގެންނެވެ.

އާންމުވެފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި މި ޕާޓީގައި ރައީސް ސޯލިހާއި އެންމެ ގާތުގައި ހުންނީ ރައީސްގެ ބަފައިބެ ސިއްކަ އަހުމަދު އިސްމާއިލްއެވެ. ސިއްކަ އަކީ 3 ނޮވެމްބަރު ގައި ދިވެހިރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގެ ފަހަތުގައި ހުރި އެކަކެވެ.

އަސާ އެއް ހިފައިގެން ހުދު ހެދުމުގައި ސިއްކަ ހުރިއިރު، އެއާއިލާ އަށް ނިސްބަތްވާ އެކި ފަރާތްތަކުން އެ ބޯލް ރޫމްތެރޭގައި ވަށްބުރަކަށް އިށީނދެގެން ތިއްބެވެ.

ކޮންމެ އަހަރަކުވެސް އާ އަހަރު ފާހަގަކުރަން ރައީސް ސޯލިހް ސްރީލަންކާއަށް ވަޑައިގަނެއެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ދެއްވި އިންޓަވިއުއެއްގައި ރައީސް ސޯލިހް ވިދާޅުވީ ކޮންމެ އަހަރަކުވެސް އާއަހަރަށް ލަންކާއަށް އެ އާއިލާގެ އެންމެން ގޮސް ބޮޑު ޕާޓީއެއް ބާއްވާކަމަށެވެ. އެހެން ނަމަވެސް ވެރިކަމަށް އާދެވިއްޖެނަމަ އެ ޕާޓީއަށް ދާން ވަގުތު ލިބިވަޑައިނުގަންނަވާނެތީ ދެރަވާކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް ވެރިކަމަށް ވަޑައިގަތްފަހުންވެސް ކޮންމެ އަހަރަކު ރައީސް ސޯލިހު އާ އަހަރަށް ލަންކާއަށް ވަޑައިގަންނަވައެވެ.

މި ލިއުމާއި ގުޅޭ