ކެޝޫ ނަޓަކީ ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުން މީރުކޮށް ކައިއުޅޭ ބަދަނެކެވެ.. އެކިކަހަލަ ކާއެއްޗެހި މީރުކުރުމަށްވެސް ބޭނުން ކުރާ ކެޝޫގައި ސިއްހަތަށް ފައިދާ ކުރާ އެކި މާއްދާތައް ހިމެނެއެވެ. އާންމު ދިރުއުޅުމުގައި ބޭނުންކުރާ ލުއި ކެއުމަކަށް ކެޝޫ ހަދަންވީ ސަބަބުތަކަށް ބަލާލަމާ ހިނގާށެވެ.
ކެޝޫއަކީ ހިތައް ފައިދާ ހުރި މާއްދާތަކެއް ތަކެއް ކަމައްވާ "މޮނޯސެޗުރޭޓެޑް" އަދި "ޕޮލިއުންސެޓުރޭޓެޑް" އޭގައި އެކުލެވޭ އެއްޗެކެވެ. މި ދެމާއްދާއިން ކޮލެސްޓްރޯލް ދައްކޮށްލާ ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދެއެވެ. އަދި މީގެ އިތުރުން ހަަށިގަނޑުގެ ސެލްސް ތަކަށް ގެއްލުންކުޑަކޮށްދޭ އެންޓިއޮކްސިޑަންޓްސް ހިމެނެއެވެ.
ބައެއް ދިރާސާތަކުން ދައްކާގޮތުން، ކެޝޫއިން ހަކުރުބަލި ހުންނަ މީހުންގެ ގްލޫކޯސް މިންވަރު އެއްހަމައެއްގައި ދަމަހައްޓައިދެއެވެ. މިކަންދިމާވުމުގެ ސަބަބަކަށް ލަފާކުރެވެނީ ކެޝޫގައި އެކުލެވޭ ގިނަ އަދަދެއްގެ ފައިބާ އަދި ޕްރޯޓީންތައް ލޭގެތެރެއަށް ދަމައިގަންނަ ހަކުރުގެ ނިސްބަތް ދައްކޮށްލައިގެނެވެ.
ކެލޮރީސް ގިނަވިޔަސް ކެޝޫގައި އެކުލެވޭ ގިނަ އަދަދެއްގެ ފައިބާ އަދި ޕްރޯޓީންގެ ސަބަބުން މީހާ ބަނޑުހައިވާވަރު ކުޑަކޮށް ކެވޭ މިންވަރު މަދުވުން އެކަށީގެންވެއެވެ. އަދި ކެޝޫގައި ހިމެނޭ ދުޅަހެޔޮ ސަރުބީތަކާއި ހެދި އިންސުލިން ސެންސިޓިވިޓީ ރަނގަޅު ކޮށްދީ ބަރުދަން ލުއިވުމަށް އެހީތެރިކަމަކަށްވެއެވެ.
މެގްނީސިއަމް، ފޮސްފޮރަސް، އަދި ޒިންކް، މި ތިނެއްޗަކީ ކަށިތައް ވަރުގަދަކޮށްދިނުމަށް އެހީވެދޭ ކެޝޫގައި ހިމެނޭ މިނެރަލްސްތަކެކެވެ. އަދި ކަށިތައް ފީވެ ހަލާކު ކޮށްލާ ބަލި، އޮސްޓިއޮޕޮރޯސިސްގެ ޝިކާރައަކަށްވުން ހާސްތަން ކުޑަކޮށްދޭ މިނެރަލްތަކެއްވެސްމެއެވެ.
ގިނަގުނަ ފައިދާ ކެޝޫއިންވާއިރު ވިސްނާލަން މުހިންމު ކަމަކީ ކެޝޫގައި ކެލޮރީސް އަދި ޕްރޮޓީންސް ހިމެނޭވަރު ގިނަވުމުން، ބޭނުން ކުރުމުގައި މެދުމިންވަރެއްގައި ހިފެހެއްޓުމެވެ. ދުވާލަކު 28-56 ގުރާމްސް ކެއުމުން ކެޝޫގެ ފައިދާ ލިބޭނެއެވެ.
އެހެން ބަދަން ތަކާއި އެއްކޮށްގެން ވިޔަސް، ފޮނި އެއްޗެއް ތައްޔާރު ކުރާއިރު ރަހަމީރު ކޮށްލަން ވިޔަސް ނޫނީ މިލްކްޝޭކެއްގައި ވިޔަސް ކެޝޫ ބޭނުން ކޮށްގެން މުޅި މީހާގެ ސިއްހަތު ދުޅަހެޔޮކޮށްދޭނެ ކަމުގެ އެއްވެސް ޝައްކެތްނެތެވެ.