Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އައިއެމްއެފް

އައިއެމްއެފްގެ އިންޒާރެއް: ދުނިޔޭގެ އިޤުތިޞާދުގެ ތިންބައިކުޅަ އެއްބައި ހީނަރުކަމަށް ވެއްޓޭނެ!

ދުނިޔޭގެ އިޤުތިޞާދީ ކުރިއެރުމުގެ މައި އިންޖީނުތައް ކަމުގައިވާ އެމެރިކާއާއި ޗައިނާއާއި ޔޫރަޕުގެ އިޤުތިޞާދީ ހަރަކާތްތައް ހީނަރުވުމުގެ ސަބަބުން 2023 ވަނަ އަހަރަކީ މުޅި ދުނިޔެއަަށްވެސް އިޤުތިޞާދީ ގޮތުން ދަތި އަހަރަކަށްވާނެކަމަށް އައިއެމްއެފްއިން ބުނެފިއެވެ.

ސީބީއެސްގެ ސަންޑޭ މޯނިން ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އައިއެމްއެފްގެ މެނޭޖިން ޑިރެކްޓާ ކްރިސްޓަލީނާ ޖިއޯޖީވާ ވިދާޅުވީ ފެށޭ އަހަރަކީ އަލްވަދާއުކީ އަހަރަށްވުރެ ހުރިހާ ގޮތަކުންވެސް އުދަގޫ އަހަރަކަށްވާނެ ކަމަށެވެ. "ކީއްވެ؟ ދުނިޔޭގެ އެންމެ ބޮޑު ތިން އިޤުތިޞާދުކަމަށްވާ އެމެރިކާއާއި ޔޫރަޕާއި ޗައިނާވެސް އެކުއެކީ މަޑުޖެހޭނެތީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އައިއެމްއެފްގެ އަންދާޒާއަކީ ދުނިޔޭގެ އިޤުތިޞާދުގެ ތިންބައިކުޅަ އެއްބައި ހީނަރުކަމަށް ހުށަހެޅިގެން ދިއުމެވެ. އަދި އެފަދަ ހީނަރުކަމެއް ކުރިމަތިނުވާ ޤައުމުތަކުގައިވެސް އެތައް ސަތޭކަ މިލިއަން މީހުންނަށް ހީނަރުކަމެއްގެ އިހުސާސް ކުރިމަތިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޮކްޓޯބަރު މަހުގައި އައިއެމްއެފުންވަނީ މި އަހަރު ބައިނަލްއަޤުވާމީ އިޤުތިޞާދީ ކުރިއެރުން ހުންނާނެކަމަށް ކުރިން އަންދާޒާކުރި މިންވަރު ދަށްކޮށްފައެވެ. ޔޫކުރެއިނުގައި ހިނގާ ހަނގުރާމައިން ދުނިޔޭގެ އިޤުތިޞާދަށް ކުރިމަތިވި ހީނަރުކަމާއި، ތަކެތީގެ އަގު އުފުލުމާއި، އެ އަގުތައް ހަންމަތަކުރުމަށް މަރުކަޒީ ބޭންކުތަކުން ޕޮލިސީ އިންޓަރެސްޓު ރޭޓު މަތިކުރުމަކީ މި އަހަރުގެ އިޤުތިޞާދީ ކުރިއެރުން މަޑުޖެހޭނެ މައިގަނޑު ސަބަބުތައްކަމަށް އައިއެމްއެފުން ބުނެއެވެ.

ކޮވިޑް ޒީރާ ސިޔާސަތަށް ލުއިތަކެއް ދޭން ޗައިނާއިން ފެށުމާއެކު އެ ޤައުމުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން 40 އަހަރު ފަހުން ފުރަތަމަ ފަހަރަށް ޗައިނާގެ އިޤުތިޞާދު ދުނިޔޭގެ އިޤުތިޞާދީ ކުރިއެރުމަށްވުރެ ލަސްވާ އަހަރަށް މި އަހަރުވާނެކަމަށް އޭނާ އަންދާޒާކުރައްވައެވެ.

"ކުރިއަށް އޮތް މަސްތަކަކީ ޗައިނާއަށް އުދަގޫ މަސްތަކެއް. ޗައިނާގެ އިޤުތިޞާދީ ކުރިއެރުމަށް ކުރާ ނައްސި އަސަރުތައް ސަރަހައްދީ ކުރިއެރުމަށާއި މުޅި ދުނިޔޭގެ އިޤުތިޞާދީ ކުރިއެރުމަށް ފާއްދާލާނެ،" ޖިއޯޖީވާ ވިދާޅުވިއެވެ.

ދުނިޔޭގެ ތިންބައިކުޅަ އެއްބައި އިޤުތިޞާދަށް ކުރާ ނޭދެވޭ އަސަރު އެންމެ ކުޑަވާނެކަމަށް ބެލެވެނީ އެމެރިކާއަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެމެރިކާގެ އިޤުތިޞާދަކީ އެންމެ ވިލުންތެރި އިޤުތިޞާދެވެ. އެހެންކަމުން ހީނަރުކަމަށް ނުވެއްޓި، ވަރުގަދަ ވަޒީފާގެ ބާޒާރެއްގެ ސަބަބުން އިތުރު ކުރިއެރުން އެމެރިކާގެ އިޤުތިޞާދަށް އައުމުގެ ފުރުސަތު އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ