Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުވާދު ތައުފީޤް

ފުވާދު ޑރ.އިޔާޒު ސިފަކުރެއްވީ ބަސް ނުވިކޭ "ކުކުޅެއްގެ" ގޮތުގައި

ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު، އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އެންމެ ގާތް އެކުވެރިޔާ ޑރ.އިޔާޒު އަބްދުލް ލަތީފަކީ ބަސް ނުވިކޭ ކުކުޅެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ސިފަކުރައްވައިފިއެވެ.

މާލެ ސިޓީގައި އެކި ނަންނަމުގައި ހިންގަމުންދާ ހަށިވިއްކާތަންތަނާއި ގުޅޭ ގޮތުން ޝެއިހް އަލީ ޒައިދު ކުރެއްވި ޓުވީޓެއް ކޯޓު ކުރައްވައި ޑރ.އިޔާޒު ވަނީ އެކަން ނުހުއްޓުވިގެން އުޅޭ ސަބަބު ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ކަމަށް ވިދާޅުވެ ފުލުހުން ޓެގްކޮށް ޓުވީޓުކުރައްވާފައެވެ.

ޑރ.އިޔާޒުގެ ޓުވީޓު ކޯޓުކުރެއްވުމަށްފަހު ފުއާދު ތައުފީގު ވިދާޅުވީ ކިތަންމެ ވަރަކަށް ކުކުޅު ގޮވިއަކަށް ފަތިސް ނުވާނެ ކަމަށާއި ފަތިސްވާނީ ހާ ގޮވުމުން ކަމަށް ދިވެހި ހަރުބަހެއްގައި އޮންނަ ކަމަށެވެ.

ބެލެވޭ ގޮތުގައި ފުއާދު ތައުފީގު އެ ވިދާޅުވީ ޑރ.އިޔާޒަކީ ޤައުމުގައި ބަސްވިކޭ ބޭފުޅެއް ނޫންކަމަށެވެ. އަދި ޑރ.އިޔާޒު ކިތަންމެވަރަކަށް އެ ވާހަކަަތައް ދެއްކެވިޔަސް އެ ވާހަކަށް ބަޔަކު ސަމާލުކަމެއް ނުދޭކަން އެ ހަރުބަހުގެ ޝަރަހައިން ދޭހަވެއެވެ.

ފުލުހުންގެ ޓެގްކޮށް އިޔާޒު މިގޮތަށް ޓުވީޓު ކުރެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ފުލުހުންގެ މުއައްސަސާ ހިނގަނީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ދަށުން ކަމަށްވެފައި، ޤައުމުގައި އެފަދަ ބޮޑެތި މުންކަރާތްތައް ހިނގަމުންދާއިރުވެސް އިމްރާން އެކަންތައްތައް ނުހުއްޓުވާތީ ގިނަ ބަޔަކު ދެކެނީ އެފަދަ ކަންކަން ކުރަނީ އިމްރާންގެ އެއްބާރުލުމާއި އެކުގައި ކަމަށެވެ.

މި ލިއުމާއި ގުޅޭ