Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްވެރިކަން

މަސް ގަތް މިންވަރު އިތުރުވިއިރު މަސް އެކްސްޕޯޓުކުރި މިންވަރު ދަށަށް

ނިމުނު އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް މަސްވެރިންގެ އަތުން މަސް ގެނެފައިވާ މިންވަރު އިތުރުވީ ނަމަވެސް މަސް ބޭރުކުރި މިންވަރު 2021 ވަނަ އަހަރާ އަޅާބަލާއިރު މަދުވެއްޖެއެވެ.

މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް 73،731.8 މެޓްރިކްޓަނުގެ މަސް ކުންފުނިތަކުން ގަނެފައިވެއެވެ. 2021 ވަނަ އަހަރުގެ އެ މުއްދަތުގައި ކުންފުނިތަކުން ގަނެފައިވަނީ 72،624.7 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން ނިމުނު އަހަރު އޭގެ ކުރީ އަހަރަށްވުރެ ގިނައިން މަސް ގަނެފައިވެއެވެ.

ފާއިތުވި އަހަރުގެ ޖަނަވަރީން ނޮވެންބަރު މަހާ ހަމައަށް އެންމެ ގިނައިން ކުންފުނިތަކުން ކިރާފައިވަނީ ކަޅުބިލަމަހެވެ. އެގޮތުން 62،292 މެޓްރިކް ޓަނުގެ ކަޅުބިލަމަސް އެ މުއްދަތުގައި ކުންފުނިތަކުން ގަނެފައިވެއެވެ. އެހެންނަމަވެސް އެ މުއްދަތުގައި ގަނެފައިވަނީ 11،247 މެޓްރިކް ޓަނުގެ ކަންނެއްޔެވެ. އެއީ 2021 ވަނަ އަހަރުގެ އެ މުއްދަތުގައި ގަތް ކަޅުބިލަމަހުގެ އަދަދަށްވުރެ މަދު އަދަދެކެވެ.

މަސް ބޭރުކުރި އަދަދަށް ބަލާއިރު ފާއިތުވި އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް ބޭރުކޮށްފައިވަނީ 65،392.5 މެޓްރިކްޓަނުގެ މަހެވެ. 2021 ވަނަ އަހަރުގެ އެ މުއްދަތުގައި ޖުމްލަ 69،113.9 މެޓްރިކްޓަނުގެ މަސް ބޭރުކޮށްފައިވެއެވެ.

2022 ވަނަ އަހަރު ބޭރުކުރި މަހުގެ ތެރެއިން 46،812.1 މެޓްރިކްޓަނަކީ ކަޅުބިލަމަހެވެ. އަދި 8،328.6 މެޓްރިކްޓަނުގެ ކަންނެލި ބޭރުކޮށްފައިވެއެވެ. 2021 ވަނަ އަހަރާ އަޅާބަލާއިރު ބޭރުކުރި ކަންނެލީގެ އަދަދުވަނީ 6،086.7 މެޓްރިކްޓަނުން މަދުވެފައެވެ.

މި ލިއުމާއި ގުޅޭ