Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބެންޖަމިން ނަތަންޔާހޫ

އދގެ އާންމު މަޖިިލީހުގެ ވޯޓަށް އިސްރާއީލުން ތަބާވާކަށް ނުޖެހޭނެ: ނަތަންޔާހޫ

ފަލަސްޠީނުގެ ސަރަހައްދުތައް އިސްރާއީލުން އިސްތިއުމާރުކޮށްފައި އޮންނަ އޮތުމާ ދެކޮޅަށް އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓަކަށް ފަލަސްޠީނުން މަރުހަބާ ކިޔާފައިވާއިރު އެ ވޯޓު އިސްރާއީލުން ކުށްވެރިކޮށްފިއެވެ.

އދ.ގެ އާންމު މަޖިލީހުން ހުކުރުދުވަހު ފާސްކޮށްފައިވާ ޤަރާރަކީ އިސްރާއީލުން ފަލަސްޠީނުގެ ސަރަހައްދުތައް އިސްތިއުމާރުކޮށް އެ ސަރަހައްދުތަކުގައި ޔަހޫދީންގެ އާބާދީތައް ޤާއުމުކޮށް، އިރުމަތީ ޤުދުސްގެ އާބާދީ އެކުލެވިގެންވާ ގޮތަށް ބަދަލުތައް ގެނެސް އެ ޝަހަރުގެ ޝަޚުޞިއްޔަތު ބަދަލުކުރާ ކުރުމާމެދު ބައިނަލްއަޤުވާމީ އަދުލުގެ ކޯޓު (އައިސީޖޭ)ގެ ރަައުޔައެއް ހޯދުމަށް ފާސްކުރި ޤަރާރެކެވެ.

ހޮނިހިރުދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެ ވޯޓު ސިފަކުރީ މުޑުދާރު ވޯޓެއްގެ ގޮތުގައެވެ. އަދި އިސްރާއީލަކީ އިސްތިއުމާރެއް ނޫންކަމަށާއި، އެ ޤަރާރަކީ އެއަށް އިސްރާއީލުން އިލްތިޒާމުވާންޖެހޭނެ ޤަރާރެއް ނޫންކަމަށް އޭނާ ބުންޏެވެ.

މި ހަފުތާގައި އިސްރާއީލުގެ ބޮޑުވަޒީރުކަމާ ހަވާލުވި ނަތަންޔާހޫއަށް އެ ޤަރާރުވާނީ ގޮންޖެހުމަކަށެވެ. އޭނާ އިސްރާއީލުގެ ބޮޑުވަޒީރުކަމާ ހަވާލުވީ ކަނާތު ފިޔައިގެ ހަރުކަށި ސަރުކާރެއްގެ ވެރިއެއްގެ ގޮތުގައެވެ. އެ ސަރުކާރުން އިސްކަންދޭ ސިޔާސަތުތަކުގެ ތެރޭގައި ޔަހޫދީ އާބާދުވުންތައް އިތުރުކުރުމާއި، ފަލަސްޠީނުގެ އިތުރު ސަރަހައްދުތައް އިސްރާއީލުގެ ބައިތަކެއްކަމަށް ކަނޑައެޅުން ހިމެނެއެވެ.

ފަލަސްޠީނުގެ މަސްއޫލުވެރިންވަނީ އެ ވޯޓަކީ ކާމިޔާބެއްކަމަށް ބުނެފައެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުން ދެކޭ ގޮތުގައި އިސްރާއީލުން ފަލަސްޠީނުގެ އެކި ސަރަހައްދުތަކުގައި ޤާއިމުކުރާ އާބާދުވުންތަކަކީ ޣައިރު ޤާނޫނީ އާބާދުވުންތަކެވެ. އިސްރާއީލުން ބުނަމުން އަންނަނީ ތާރީޚީ ގޮތުން އެ ބިންތަކަކީ އިސްރާއީލުގެ ބައެއް ކަމަށެވެ.

ދަ ހޭގުގައި ހުންނަ ބައިނަލްއަޤުވާމީ އަދުލުގެ ކޯޓަކީ ދޭދޭ ދައުލަތްތަކުގެ މެދުގައި އުފެދޭ ޚުޞޫމާތްތައް ހައްލުކުރާ އދ.ގެ އެންމެ މަތީ ކޯޓެވެ. އެ ކޯޓުގެ ނިންމުންތަކަކީ އެއަށް އަމަލުކުރުން ލާޒިމު ނިންމުންތަކެއްކަމަށްވީ ނަމަވެސް އެ ނިންމުންތައް ތަންފީޒުކުރުމުގެ ބާރެއް އެ ކޯޓަށް ލިބިގެންނުވެއެވެ.

މި ލިއުމާއި ގުޅޭ