ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ގައިގައި އަތްލި ބ. ތުޅާދޫއަށް ނިސްބަތްވާ މީހަކު 10 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު އަމަލުކުރާ ހާއްސަ ގާނޫނުގެ ދަށުން ދައުލަތުން އޭނާގެ މައްޗަށް ދައުވާކުރީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އެވެ. އޭނާ ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ.
ނަމަވެސް ދައުވާގައި ބަޔާންކުރާ ވާގިއާ އެގޮތުގައި ހިނގާފައިވާ ކަމަށް ސާބިތު ކުރެވޭ ވަރަށް ޝަރީއަތަށް ހެކި ލިބިފައިވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.
ދައުވާ ލިބޭ މީހާ ވަނީ ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާގައި ދެ އަހަރާ ހަމަހާއި ހަ ދުވަސް ޖަލުގައި ހޭދަކޮށްފަ އެވެ. އެހެންކަމުން އެ މުއްދަތު އުނިކުރުމުން އޭނާ ޖަލުގައި ހޭދަ ކުރަން ޖެހޭނީ ހަތް އަހަރާއި ފަސްމަހާއި 24 ދުވަހެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށަކީ އެއް ވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން މި ގާނޫނުގެ ދަށުން ބޮޑެތި އަދަބުތަކެއް އެފަދަ ކުށް ކުރާ ފަރާތްތަކަށް ދޭން ގާނޫނު ތަންދެއެވެ.