Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

ކުރިމަތިމިލަނީ ގިލަންވެރި 2023 ވަނަ އަހަރަކާ: އިދިކޮޅު

ދިވެހި ރައްޔިތުން ކުރިމަތިމިލަނީ ގިލަންވެރި 2023 ވަނަ އަހަރަކާއި ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ދިވެހި ރައްޔިތުން ކުރިމަތިމިލަނީ ގިލަންވެރި 2023 ވަނަ އަހަރަކާއި ކަމަށެވެ. މިގޮތުން މިރޭ 12 ގެ ފަހުން ޖީއެސްޓީ ބޮޑުވެ ތަކެތީގެ އަގު އުފުލޭނެކަން ހީނާ ފާހަގަކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ވާނެ ކަމަށް ވިދާޅުވިއެވެ.

ޤައުމުގެ ހާލަތު މިހާ ގޯސްވެފައިވާއިރުވެސް އަދިވެސް ރައީސް ސޯލިހް ދަނީ ދެވަނަ ދައުރަކަށް އިންތިހާބުވުމަށް ނުފުއްދޭނެ ވައުދުތައް ވަމުންކަމަށް ހީނާ ތުހުމަތުކުރެއްވިއެވެ. އަދި އެހެންކަމުން މިއަދު ރައްޔިތުންނަށް ލާޒިމްވަނީ މިއަދުގެ ސަރުކާރު ބަލިކަށި ކުރުންކަމަށް ވިދާޅުވިއެވެ.

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޖަލަށްލުމާއި ގުޅިގެން އިދިކޮޅު ކުރިއަށް ގެންދާ ސިލްސިާ މުޒާހަރާތައް މިރޭވެސް އޮންނާނެކަން ހީނާ އިއުލާންކުރެއްވިއެވެ. އަދި ސަރުކާރުން އެއްވެެ އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅުން ހުއްޓާލުމަށް ގޮވާލިއެވެ.

ސަރުކާރުން ދަނީ އެކިގޮތް ގޮތުން ޕީޕީއެމްގެ މުޒާހަރާތަކަށް ހުރަސް އަޅަމުންކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ މިހާރުވެސް އެ ޕާޓީގެ ދެ ސެނެޓަރަކު މުޒާހަރާއަކުން ހައްޔަރުކޮށް 15 ދުވަސް މުއްދަތު ޖަހާފައިވާކަމަށެވެ. އަދި އެ ދެބޭފުޅުން ވަގުތުން ދޫކޮށްލުމަށް ހީނާ ގޮވައިލެއްވިއެވެ.

ރައީސް ޔާމީން ޖަލަށްލުމާއި ގުޅިގެން އިދިކޮޅުން ދަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. އަދި އިއްޔެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ހިނގާލުންތައް ބާއްވާފައެވެ.

މި ލިއުމާއި ގުޅޭ