Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އުތުރު ކޮރެއާ

އުތުރު ކޮރެއާ އިން ޖަޕާނު ކަނޑާ ދިމާލަށް 3 މިސައިލު ފޮނުވާލައިފި

އުތުރު ކޮރެއާ އިން ޖަޕާނު ކަނޑާ ދިމާލަށް ތިން ކުރު ރާސްތާގެ ބެލިސްޓިކް މިސައިލު ފޮނުވާލައިފިއެވެ.

ޖަޕާނުގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހުގެ ހެނދުނު 8 ޖެހިއިރު އެއް މިސައިލު ފޮނުވާލާފައިވާއިރު ދެވަނަ މިސައިލު ފޮނުވާލާފައިވަނީ 8:14 ގައެވެ. އަދި 8:15 ގަވެސް އިތުރު މިސައިލެއް އުތުރު ކޮރެއާއިން ފޮނުވާފައިވެއެވެ. މި އަހަރަކީ އުތުރު ކޮރެއާ އިން ގިނަ އަދަދަކަށް މިސައިލު ޓެސްޓުކުރި އަހަރެކެވެ.

މިސައިލުތައް ފޮނުވާފައިވަނީ އުތުރު ކޮރެއާގެ ވެރިރަށް ޕިޔޮންގްޔަންގް އިންނެވެ. އަދި 100 ކިލޯމީޓަރަށް މައްޗަށް މިސައިލުތައް އެރި އިރު 350 ކިލޯ މީޓަރު ދުރަށް މިސައިލުތައް ދަތުރުކުރި ކަމަށްވެއެވެ. ޖަޕާނު ކަނޑުތެރެއަށް އެ މިސައިލުތައް ވެއްޓުނު ނަމަވެސް އެ މިސައިލުތައް ވެއްޓުނީ ޖަޕާނުގެ ހާއްސަ އިޤްތިސާދީ ސަރަހައްދުން ބޭރަށެވެ.

ޖަޕާނުގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އުތުރު ކޮރެއާ އިން މިސައިލުތައް ޓެސްޓުކުރުން ކުށްވެރިކޮށްފައެވެ. އަދި އެއީ ސަރަހައްދީ ހަމަޖެހުމަށް ބުރޫއަރާ ކަމެއް ކަމަށް ބުނެފައިވެއެވެ.

މިއަހަރު ތެރޭގައި އުތުރު ކޮރެއާއިން ވަނީ މުޅި އެކު 70 ބެލިސްޓިކް މިސައިލް ޓެސްޓުކޮށްފައެވެ. އޭގެ ތެރޭގައި ދުރު ރާސްތާގެ މިސައިލުތައް ކަމަށްވާ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލުތައްވެސް ހިމެނެއެވެ. މިއީ ނިއުކްލިއަރ ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިވާ އުތުރު ކޮރެއާ އިން އެންމެ ގިނަ އަދަދަކަށް މިސައިލުތައް ޓެސްޓުކުރި އަހަރެވެ.

އުތުރު ކޮރެއާއިން ވަނީ އެ ޤައުމުގެ އަސްކަރިއްޔާ ޒަމާނީ ކުރަން ފަށާފައިވާކަން އިއުލާންކޮށްފައެވެ.

މި ލިއުމާއި ގުޅޭ