Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

މިނިސްޓަރު ނަހުލާއާއި ޝާހިދުގެ ފޮޓޯތަކަކީ އަސްލު ފޮޓޯތަކެއްތޯ ރައީސް ސުވާލު އުފައްދަވައިފި

ހިލޭ ފިރިހެނަކާއެކު ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ ގައިގޯޅިކޮށް އިންނެވި މަންޒަރު ފެންނަ އަދި ފޮރިން މިނިސްޓަރު ޝާހިދު ހިލޭ އަންހެނަކާއެކު ގައިގޯޅިކޮށް އިންނެވި މަންޒަރު ފެންނަ ފޮޓޯތަކެއް ލީކުވުމާ ގުޅިގެން އެ ފޮޓޯތަކުގެ ސައްހަކަމާމެދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ސުވާލު އުފައްދަވައިފިއެވެ.

އިއްޔެ ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ފޮޓޯތައް ލީކުވުމާ ގުޅިގެން ރައީސް އެއްވެސް ފިޔަވަޅެއް އަޅުއްވާނެތޯއާއި އަޅުއްވާނެ ފިޔަވަޅަކީ ކޮބައިތޯ ނޫސްވެރިޔަކުވަނީ ރައީސް ޞާލިޙާ ސުވާލުކޮށްފައެވެ.

"ވަޒީރުންގެ ފޮޓޯތަކެއް ހާމަވެގެން ދިޔަ ވާހަކަ ތިޔަ ވިދާޅުވީ. ކިހާވަރެއްގެ ޔަގީންކަމެއްތޯ އޮތީ އެ ފޮޓޯތަކަކީ އަސްލު ފޮޓޯތަކެއްކަމާ ދޭތެރޭ؟ އެނޫންތޯ ކަށަވަރުކުރަންޖެހެނީ؟،" ނޫސްވެރިޔާގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ސުވާލުކުރެއްވިއެވެ. އިތުރަށް ރައީސް ވިދާޅުވީ މި ޒަމާނުގައި މީޑިއާއާއި ސޯޝަލް މީޑިއާގައި ވަރަށް ތަފާތު ފޮޓޯތައް އެހެން އެބަހާމަވާ ކަމަށާއި، އެހެންކަމުން އެ ފޮޓޯތަކީ ސައްހަ ފޮޓޯތަކެއްކަން ކަށަވަރުނުކޮށް މިހަކާމެދު ފިޔަވަޅުއަޅުއްވައިގެން ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް އެ ފޮޓޯތަކުގެ ސައްހަކަން ކަށަވަރުކުރުމަށް އެއްވެސް މަސައްކަތެއްކުރާކަން ނުވަތަ ނޫންކަން ރައީސްގެ ޖަވާބުގައި ފާހަގަކުރައްވާފައިނުވެއެވެ. އަދި އެ ފޮޓޯތަކަކީ ސައްހަ ފޮޓޯތަކެއްކަން ނުވަތަ ނޫންކަން ބައްލަވާނެކަމަކަށްވެސް ވިދާޅުނުވެއެވެ.

ފޮޓޯގެ ސައްހަކަން ކަށަވަރުކުރުމަށް ބޭނުންކުރާ ބައެއް ޓޫލްތައް ބޭނުންކޮށްގެން ލީކުވި ދެ ފޮޓޯގެ އެނަލައިސިސްއެއް ހެދިއިރު އެ ދެ ފޮޓޯއަކީވެސް ޞައްޙަ ދެ ފޮޓޯކަން "ދިޔަރެސް"އަށްވަނީ ކަށަވަރުވެފައެވެ. އަދި ބެލެވޭ ގޮތުގައި ނަހުލާއާއި ޝާހިދު އެ ފޮޓޯތަކާމެދު ބަސްފުޅެއް ވިދާޅުނުވަނީވެސް އެ ފޮޓޯތަކުގެ ޞައްޙަކަން އެ ބޭފުޅުންނަށްވެސް ކަށަވަރުވެވަޑައިގަންނަވާތީއެވެ.

ކައިވެނީގެ މުޤައްދަސްކަން ޤަބޫލުނުކުރާ ހުޅަނގުގެ މުޖުތަމައުތަކުގައިވެސް ކައިވެނިން ބޭރުން ގުޅުންހިންގުމަކީ އެ ޤައުމުތަކުގެ ސިޔާސީ ބޭފުޅުން މަޤާމުތަކުން އިސްތިއުފާދެއްވާ މައްސަލަތަކެކެވެ. ނަމަވެސް މި ފޮޓޯތައް ހާމަވުމާ ގުޅިގެން މިނިސްޓަރު ނަހުލާ އަދި ޝާހިދު އެ ފޮޓޯތަކުގެ ޞައްޙަކަމާމެދު ސުވާލެއް އުފައްދަވާފައިނުވާއިރު އެއިން އެއްވެސް ބޭފުޅަކު އެކަމާ ގުޅިގެން މިހާތަނަށް އާންމުކޮށް ބަސްފުޅެއްވެސް ވިދާޅުވެފައިނުވެއެވެ.

ކާވެނިން ބޭރުން ގުޅުން ހިންގުން ފަދަ ކަންކަމަކީ ޣައިރު މުސްލިމު ޤައުމުތަކުގައިވެސް ބޮޑެތި މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން މަޤާމުން އިސްތިއުފާދެއްވާ ކަންކަމެވެ. އެގޮތުން 2021 ވަނަ އަހަރު އެމެރިކާގެ ސީއައިއޭގެ ޑިރެކްޓާ ޑޭވިޑް ޕެޓްރޭއަސް މަޤާމުން އިސްތިއުފާދެއްވީ އެފަދަ މައްސަލައެއް ފެންމަތިވުމުންނެވެ.

އަދި 2012 ވަނަ އަހަރުގައި އެއިރު ސިންގަޕޫރުގެ ބަރުލަމާނުގެ ރައީސްވެސް މަޤާމުން އިސްތިއުފާދެއްވީ ކާވެނިން ބޭރުން އަންހެނަކާ ގުޅުމެއް ބޭއްވިކަން ހާމަވުމުންނެވެ.

ރާއްޖޭގައި މިފަދަ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވަމުން އަންނައިރު މިއިން މައްސަލައަކާ ގުޅިގެން މި މައްސަލަތަކުގައި ޝާމިލުވެވަޑައިގަންނަވާ ބޭފުޅަކު އާންމުންނަށް ޖަވާބުދާރީވެވަޑައިނުގަންނަވާއިރު، ދީނީ އިޖުތިމާއީ މިންގަނޑުތަކާއި، އަދަބުސުލޫކާ ޚިލާފުވެވަޑައިގަތުމުންވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެއްވެސް ފިޔަވަޅެއް ނުއަޅުއްވައެވެ.
މި ލިއުމާއި ގުޅޭ