Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ޒިނޭގެ ތުހުމަތުކުރެއްވުމުން ނަޝީދުގެ މައްސަލަ ނުބަލަނީ ކީއްވެތޯ އެހުމުން ރައީސް ހަނު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ޒިނޭކުރާ މަންޒަރު ފެންނަ 4 ފޮޓޯގަނޑު އެބައޮތްކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވާ މައްސަލަ ބައްލަވައި އެމަނިކުފާނަށް ފިޔަވަޅުނާޅަނީ ކީއްވެތޯ ރައީސް ޞާލިޙާ ސުވާލުކުރުމުން ޖަވާބެއް ނުދެއްވިއެވެ.

ޒިނޭއަކީ އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ބޮޑު ފާފައަކަށްވާއިރު އަދި އެކަމުގެ ތުހުމަތުކުރުމަކީވެސް އިސްލާމްދީނުގައި ކުށަކަށްވާއިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ރައީސް އަދި ތުއްޕުޅުއިރުގެ އެންމެ ގާތް އެކުވެރިޔާ އެފަދަ ބޮޑު ތުހުމަތެއް ކުރެއްވުމުން އެ މައްސަލަ ނުބައްލަވަނީ ކީއްވެތޯ "ދިޔަރެސް" ނޫހުން މިއަދުވާނީ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ރައީސް ސީދާ ޖަވާބެއް ނުދެއްވައި ވިދާޅުވީ އެފަދަ ފޮޓޯއެއް ނުހުންނާނެ ކަމަށާއި، އެކަމުގެ ސައްތައިން ސައްތަ ޔަގީންކަން ދެއްވާ ކަމަށެވެ. މީގެ ކުރިންވެސް ރައީސްވަނީ އެފަދަ ފޮޓޯއެއް ނުހުންނާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެފަދަ ފޮޓޯތަކެއް ނެތީސް އެފަދަ ބޮޑު ތުހުމަތެއް އެމަނިކުފާނަށް ރައީސް ނަޝީދު ފަދަ ޒިންމާދާރު މަޤާމެއްގައި ހުންނެވި އަދި އެމަނިކުފާނާ ކުރިން ގާތް ގުޅުމެއް އޮތް ބޭފުޅަކު ކުރެއްވުމުން އެ މައްސަލަ ނުބައްލަވަނީ ކީއްވެކަމެއް ރައީސް ވިދާޅުނުވެއެވެ.

"އެއްވެސް މީހެއްގެ އަތުގައި އެއްވެސް ތަނެއްގައި ތިޔަކަހަލަ އެއްވެސް ފޮޓޯއެއް ނުހުންނާނެ،" ރައީސް ވިދާޅުވިއެވެ.

އެއާއެކު މިފަދަ ބޮޑު ތުހުމަތެއް ރައީސާމެދު ރައީސް ނަޝީދު ކުރެއްވުމުން އެކަން ބަލަންޖެހޭނެ ނޫންތޯ "ދިޔަރެސް"އިން ސުވާލުކުރުމުން އެ ސުވާލަށްވެސް ރައީސް އެއްވެސް ޖަވާބެއް ނުދެއްވައެވެެ.

ރައީސް ނަޝީދުގެ އިތުރަށް ރައީސް ޞާލިޙާ އާއިލީ ގޮތުން ގާތް ބޭފުޅެއްކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲވެސްވަނީ ރައީސް ޞާލިޙަކީ ރާ ބޮއެ ޒިނޭކޮށް އުޅޭ ބޭފުޅެއްކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވާފައެވެ. އެއިން އެއްވެސް މައްސަލައެއް އެއްވެސް އިދާރާއަކުން ތަހުގީގުނުކުރެއެވެ.

މި ލިއުމާއި ގުޅޭ