ފުލުހުން ބަލަމުންދާ މައްސަލައެއްގައި ތަހުގީގަށް ހާޒިރުވާން މީހަކު ހޯދައި ނުފެނުމުން އޭނާގެ މައުލޫމާތު އާންމުކޮށްފިއެވެ.
ގދ ތިނަދޫ ވެސްޓްޕޯލްއިރަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ އަހްމަދު ސަލީމް ތަހުގީގަށް ހާޒިރުވާން އަންގާ އެންގުމަކީ، ފ ނިލަންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައަކާއި ގުޅޭ ގޮތުން ސުވާލު ކުރުމަށެވެ.
ފުލުހުން ނެރުނު އިއުލާނަކީ ޖިނާއީ މައްސަލައެއްގެ ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރަންޖެހޭ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ އިއުލާނެކެވެ.