ކޮފީ ޕެކެޓެއް ވަގަށް ނަގައިގެން ހައްޔަރުކުރި އުމުރުން 19 އަހަރުގެ މީހަކު މީގެ ކުރިން 40 ފަހަރު އެކި މައްސަލަތަކުގައި ފުލުހުން ހައްޔަރުކޮށްފައިވާކަން އެނގިއްޖެއެވެ.
ފުލުހުން ހައްޔަރުކޮށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރި މާލެއަށް އުމުރުން 19 އަހަރުގެ ޒުވާނާ 30 ދުވަހަށް ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.
އޭނާ ހައްޔަރުކުރީ ކޮފީ ޕެކެޓެއް ވަގަށް ނަގައިގެން ކުރިމިނަލް ކޯޓުން އޭނާ ބަންދުކުރަން ނެރުނު އަމުރުން އެނގެއެވެ.
ކޮފީ ޕެކެޓެއް ނެގިކަމަށް އޭނާ އެއްބަސްވިކަމަށް އޭނާ އެއްބަސްވި ނަމަވެސް އޭނާ ބުނެފައިވަނީ އެ ކޮފީ ޕެކެޓް ނެގީ ވައްކަމުގެ ނިޔަތެއްގައި ނޫން ކަމަށެވެ.
އެ މައްސަލާގައި އަމުރު ނެރުނު ޤާޟީ ޙަސަން ސައީދު ވިދާޅުވެފައިވަނީ އެމީހާގެ ކުށުގެ ރެކޯޑަށް ބަލާއިރު ކުށުގެ ވެށީގައި އުޅޭ މީހެއްކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން މި މައްސަލާގައި އޭނާ ހައްޔަރުކުރި ކުރުމުގެ ކުރިން ކުށުގެ ލޮގުތައް 40 އަށްވުރެ މަތިކަމަށް ޤާޟީ ފާހަގަކުރެއްވިއެވެ.