Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރެސްޓޯރެންޓު ކެފޭ

ރާއްޖޭގައި ރޮބޮޓެއް ޚިދުމަތްދޭ ފުރަތަމަ ރެސްޓޯރެންޓް ހުޅުވަނީ

ރޮބޮޓް ވެއިޓަރުން ޚިދުމަތްދޭ ރާއްޖޭގެ ފުރަތަމަ ރެސްޓޯރެންޓް އަންނަ ޖަނަވަރީ މަހުގެ އެއް ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

މާލޭގައި ހުޅުވާ މި ރެސްޓޯރެންޓް ހުންނާނީ މަޖީދީ މަގުގެ އިރުމަތީގައި ހުންނަ ކުރީގެ އުރީދޫ ހެޑް ކުއާޓާސްގައެވެ.

އެ ރެސްޓޯރެންޓްގެ ވެރިފަރާތް ރަފީއުއްދީން ވިދާޅުވީ "އޯޝަން ބަބުލް"ގެ ނަމުގައި ހުޅުވާ އެ ރެސްޓޯރެންޓުގައި ޚިދުމަތް ދެމުންދާނީ، ކުރިއަރާފައިވާ އެހެން ގައުމުތަކުގައިވެސް ރެސްޓޯރެންޓް ތަކުގައި ޚިދުމަތްދޭ ކަހަލަ ރޮބޮޓް ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި އެތަނުގައި ޚިދުމަތްދޭ ރޮބޮޓުން ކަސްޓަމަރުންނާއި ބައްދަލު ކުރާނީ ހިނިތުންވުމާއި ޝުކުރާއި އެކުގައެވެ.

އޭނާ ވިދާޅުވީ މި ރެސްޓޯރެންޓުގެ މެނޫވެސް ކުރިއަށް އޮތް ދުވަސްތަކުގައި އޮންލައިނުކޮށް ބަލާލެވެން ހުންނާނެކަމަށެވެ.

މި ލިއުމާއި ގުޅޭ