Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ރައީސް ޔާމީނުގެ ދިފާއީ ހެކިންގެ ގެތައް ރެއިޑުކޮށް ފޯނު ހިފަހައްޓަން ފުލުހުންނާއި ޕީޖީން މަޝްވަރާކުރަނީ

އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ދައުވާކުރި ވ.އާރަށް މައްސަލާގައި އެމަނިކުފާނުގެ ދިފާއީ ހެކިންގެ ގޮތުގައި ހެކިބަސް ދެއްވި ބޭފުޅުންގެ ގެތައް ރެއިޑުކޮށް ފޯނުތައް ހިފަހެއްޓުމަށް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މަޝްވަރާތައް ފަށައިފިއެވެ.

ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވާކަމަށް މި މަހުގެ 25 ވަނަ ދުވަހުގައި ކުރިމިނަލް ކޯޓުގެ އިސްޤާޟީ އަޙްމަދު ޝަކީލު ކުރެއްވި ހުކުމުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ރައީސް ޔާމީނުގެ ދިފާއީ ހެކިން ކޯޓުގައި ދިނީ ދޮގު ހެކިބަހެކެވެ. އެއީ ދައުލަތުން ދިފާއީ ހެކިންނާ ކުރި ބައެއް ސުވާލުތަކަށް ހެކިންނަށް ޖަވާބުނުދެވުމުންނެވެ.

އެގޮތުން ޔޫސުފް ނައީމުގެ ގެއަށް ވަން ގޮތް ނޭނގުމާއި، ރައީސް ޔާމީނު ދެއްވި ފައިސާ ހިފައިގެން ޔޫސުފް ނައީމް ގާތަށް ދިޔަ ދުވަހުގެ މޫސުން ހުރި ގޮތް ނޭނގުން ފަދަ ކަންކަން ފާހަގަކޮށް ޤާޟީ ޝަކީލު ނިންމަވާފައިވަނީ އެކަންކަމުން އެ ހެކިންނަކީ ދޮގު ހެކިބަސްދިން ހެކިވެރިންތަކެއްކަން ސާބިތުވާ ކަމަށެވެ.

ނަމަވެސް ދޮގު ހެކިބަސް ދިންކަމަށް ނިންމަވާފައިވަނީ އެ ފަރާތްތަކުން ދޮގު ހެކިބަސްދިންކަން ސާބިތުކުރުމަށް އެއްވެސް ހެއްކަކަށް ބިނާނުކުރައްވައި ހަމައެކަނި އެ ފަރާތްތަކާ ދައުލަތުން ކުރި ސުވާލުތަކަކަށް ޖަވާބުނުދެއްވުމުން އެކަމުގެ ސަބަބުން އެ ފަރާތްތަކުގެ ހެއްކާމެދު އުފެދުނު ޝައްކެއްގެ މައްޗަށް ބިނާކޮށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޤާނޫނީ ވަކީލަކު "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް ޔާމީނުގެ ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅުއްވި ބޭފުޅުންގެ މައްޗަށް ދޮގުހެކިބަސް ދިންކަން ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ނިންމުމާ ގުޅިގެން އެ ބޭފުޅުންގެ ފޯނުތައް ހިފަހައްޓައި އެ ބޭފުޅުންގެ ގެތައް ބަލައި ފާސްކުރުމުގެ އަމުރު ހޯދުމާމެދު މިހާރު ފުލުހުންނާއި ޕީޖީ އޮފީހުގެ މެދުގައި މަޝްވަރާތައް ފެށިފައިވާ ކަމަށެވެ.

ރައީސް ޔާމީނުގެ ދިފާއީ ހެކިންގެ ތެރޭގައި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝާއި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދާއި ކުރީގެ ބައެއް ވަޒީރުން ހިމެނިވަޑައިގަންނަވައެވެ.

މި މައްސަލާގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ދިފާއީ އެއްވެސް ހެއްކަކީ ބުރަދަންހުރި ހެއްކެއް ނޫންކަމަށް ނިންމަވައި ޤާޟީ ޝަކީލު ކަނޑައަޅުއްވާފައިވަނީ ދައުލަތުން އުފުލި ދެ ދައުވާ ސާބިތުވާކަމަށެވެ. އަދި އެ ދެ ދައުވާ ސާބިތުވުމުން އަދަބެއްގެ ގޮތުގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށްލާން އޭނާ ހުކުމްކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ