Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެޗްޕީއޭ

ލޮލުރޯގާ އާއި ހޭންޑް ފުޓް އެންޑް މައުތު ފެތުރޭތީ ސަމާލުވުމަށް އަންގައިފި

މި ދުވަސްވަރު ހޭންޑް ފުޓް އެންޑް މައުތު ބައްޔާއި އަރިދަފުސް ރޯގާ އާއި ލޮލުރޯގާ، އާއްމުކޮށް އުޅޭ މިންވަރަށް ވުރެ އިތުރުވެފައިވާތީ އެކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ މި ޗުއްޓީ ތެރޭގައި އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭކަމަށެވެ. ހޭންޑް ފުޓް އެންޑު މައުތު ބަލިން ރައްކާތެރިވުމަށް ރަނގަޅަށް ސައިބޯނިލައިގެން އަތް ދޮވުމަށާއި ބަލި ޖެހިފައިވާ ނަމަ ކުދިން ބޭރަށް ނުގެންދިއުމާއި ބޭނުންކުރާ ޓިޝޫ ފަދަ ތަކެތި ރައްކާތެރިގޮތުގައި ނައްތާލުމަށް އެޗްޕީއޭ އިން އިލްތިމާސް ކޮށްފައިވެއެވެ.

އޭގެއިތުރަށް މި ދުވަސްވަރަކީ ބައެއް ގައުމުތަކުގައި ކޮވިޑް ފެތުރެމުން ދާކަން ދުވަސްވަރަކަށް ވާތީ، އެކަމަށް ރައްކާތެރިވުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

އެގޮތުން ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށާއި މީހުން ގިނަ ތަންތަނުގައި މާސްކް އެޅުމަށް އެ އެޖެންސީން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެއިތުރުން ރޯގާ ޖެހި ބަލިކޮށް އުޅޭ ނަމަ މީހުން ގިނަ ތަންތަނަށް ނުދިއުމަށާއި ރޯގާ ޖެހިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށާއި ބަލި ޖެހުމުގެ ނުރައްކާ ބޮޑު މީހުން އިންފުލުއެންޒާ ވެކްސިން ޖެހުމަށް ވެސް އެޗްޕީއޭއިން އިރުޝާދު ދީފައިވެއެވެ.

މި ލިއުމާއި ގުޅޭ