Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕަބްލިކް ސާވިސް މީޑިޔާ

ޕީއެސްއެމް ވަގުތީގޮތުން ހިންގުން މުހައްމަދު ސައީދަށް

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ވަގުތީ ގޮތުން ހިންގުން އެ ކުންފުނީގެ ސީނިއާ މެނޭޖްމަންޓްގައި ހިމެނޭ ޑިރެކްޓަރ ޕްރޮކިއުމަންޓް މުހައްމަދު ސައީދާ ހަވާލުކޮށްފިއެވެ.

އެ މަގާމަށް މުހައްމަދު ސައީދު ވަގުތީގޮތުން އައްޔަނުކޮށްފައިމިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި އަލީ ޚާލިދު އެ މަގާމުގައި ހުރުމުގެ މުއްދަތު 24 ޑިސެމްބަރު 2022 ގައި ހަމަވުމާއި ގުޅިގެންނެވެ.

ޕްރައިވަޓައިޒޭޝަން އެން ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް އާސިމް މުހައްމަދު ޕީއެސްއެމްގެ ޗެއާމަން އިބްރާހިމް ހިލްމީއަށް އެޑްރެސް ކުރައްވާ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދުގެ މަގާމު މި މަހުގެ 24 ވަނަ ދުވަހު ހަމަވެފައިވާތީއާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމީމްގެ މަގާމުގެ މުއްދަތު މި މަހުގެ 26 ވަނަ ދުވަހު ހަމަ ވާނެތީ މިއަދުން ފެށިގެން އެ ދެބޭފުޅުން މަގާމުން ވަކިވީކަމަށެވެ.

އެހެންކަމުން ކުންފުނި ހިންގުމަށް ބުރޫނާރާނެހެން ކަންކަން އިންތިޒާމްކޮށް ބޭއްވުމަކީ މުހިންމުކަމެއްކަމަށް އެ ބޯޑުން ގަބޫލުކުރާތީ ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނުގެ 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅުން އައްޔަނުކުރެވެންދެން ޕީއެސްއެމް ހިންގުމުގެ ޒިންމާތައް ޕިއެސްއެމްގެ ސީނިއާ މެނޭޖްމަންޓުގައި ހިމެނޭ ޑިރެކްޓަރު ޕްރޮކިއުމަންޓް މުހައްމަދު ސައިދަށް މާދަމާއިން ފެށިގެން ހަވާލުކުރުމަށް ނިންމާފައިވާކަމަށެވެ.

އަދި އެބޭފުޅާ ބޯޑުގެ މެންބަރެއްގެ ގޮތުގައި ބޯޑުގައި ބައިވެރިވެވޭނެކަމަށެވެ. އެ ސިޓީގައި އިތުރަށް ބުނެފައިވަނީ މެނޭޖިން ޑިރެކްޓަރެއް އައްޔަނުކުރެވެންދެން މެނޭޖްމަންޓުގެ ކަންކަން ބޯޑުން ގާތުން މޮނީޓަރ ކޮށް ބަލާނެކަމަށެވެ.

މީގެއިތުރުން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުލަކު އައްޔަނުކުރެވެންދެން ކުންފުނި ދުވަހުން ދުވަހަށް ހިންގެވުމުގެ ގޮތުން ނިންމަންޖެހޭ ނިންމުންތައް ފިޔަވައި ކުންފުނީގެ ސިޔާސަތާއި ގުޅޭ ނުވަތަ ކުންފުނީގެ ނިސްބަތުން ބޮޑު މާލީ ނުވަތަ ވިޔަފާރިއާއި ގުޅޭ އެއްވެސް ނިންމުމެއް ނުވަތަ ކަމެއް ނުކުރުމަށްވެސް އެ ސިޓީގައި އަންގާފައިވެއެވެ.

މި ލިއުމާއި ގުޅޭ