Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުޒާހަރާ

އިދިކޮޅު މުޒާހަރާއިން 16 މީހަކު ހައްޔަރަށް!

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު އަދި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން ޕީޕީއެމްއިން އިސްނަގައިގެން ރޭ ކުރަން ފެށި މުޒާހަރާއިން 16 މީހަކު ހައްޔަރުކޮށްފިއެވެ.

މަޖިދީ މަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތީގައި ރޭ ކުރިއަށް ގެންދިއަ މުޒާހަރާގައި އެ ޕާޓީގެ ލީޑާޝިޕުގެ ބޭފުޅުންވެސް ބައިވެރިވެއެވެ. ގިނަ އަދަދަކަށް މީހުން އެ މުޒާހަރާގައި ބައިވެރިވެފައިވާއިރު ގިނަ އަދަދަކަށް ފުލުހުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ.

އެ މުޒާހަރާގެ ތެރެއިން 16 މީހަކު ހައްޔަރުކޮށްފައިވާއިރު ޕީޕީއެމުން ބުނީ ހައްޔަރުކުރި މީހުންގެ ތެރޭގައި އެ ޕާޓީގެ ސެނެޓާސް ދާއިރާގެ ރައީސުންވެސް ހިމެނޭ ކަމަށެވެ.

ރައީސް ޔާމީނަށް ކުރި ހުކުމާއި ގުޅިގެން، އެމަނިކުފާނު މިނިވަންކުރެވެން ކުރެވެން އޮތްހާ ކަމެއް ކުރާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. އަދި މުޅި ރާއްޖޭގެ އެކިކަންކޮޅުތަކުން މާލެ އެރުމަށްވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ސަރުކާރުން އަންގައިގެން އިއްޔެ ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ހުކުމާއިއެކު މިހާރު ހުކުމް ތަންފީޒުކުރުމަށް އެމަނިކުފާނު ވަނީ މާފުއްޓަށް ގެންދެވިފައެވެ.

މި ލިއުމާއި ގުޅޭ