Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖަޕާން

ދިވެހި އުފެއްދުންތައް ޖަޕާނު މާކެޓަށް ތައާރަފުކޮށްފި

ދިވެހި އުފެއްދުންތައް ޖަޕާނު މާކެޓަށް ފުރަތަމަ ފަހަރަށް ތައާރަފުކޮށްފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޯޕަރޭޝަނުން ތައާރަފްކޮށްފައިވާ "އޯތެންޓިކް މޯލްޑިވްސް" ބްރޭޑުގެ ދަށުން ވިއްކާ ދިވެހި ފަންނުވެރިންގެ އުފެއްދުންތައް ޖަޕާން އެކްސްޓަރނަލް ޓްރޭޑް ކޯޕަރޭޝަން (ޖެޓްރޯ) އާއި ގުޅިގެން ޖަމާންގެ މާކެޓަށް ތައާރަފްކުރީ ދިވެހި އުފެއްދުންތައް ޕްރޮމޯޓްކޮށް ރާއްޖެއާއި ރާއްޖެއިން ބެރުގެ މާކެޓްތަކަށް ތައާރަފްކުރުމަށްޓަކައި އިކްނޮމިކް މިނިސްޓްރީގެ އިސްނެގުމުގެ ދަށުން ކަމަށެވެ.

ބީސީސީން ބުނީ ދިވެހި އުފެއްދުންތައް ޖަޕާން މާކެޓަށް ފުރަތަމަ ފަހަރަށް ތައާރަފްކޮށްފައިވަނީ ޖަޕާން އެކްސްޓާނަލް ޓްރޭޓް އޯގަނައިޒޭޝަންއިން ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ ވިޔަފާރި އުފެއްދުންތައް ޖަޕާނުގެ މާކެޓްތަކަށް ތައާރަފްކުރުމަށްޓަކާ ކުރިއަށް ގެންދާ "ވަން ވިލެޖް ވަން ޕްރޮޑަކްޓް" ޕްރޮގްރާމުގެ ދަށުންކަމަށެވެ.

އެ ކޯޕަރޭޝަނުން ބުނިގޮތުގައި އެ ޕްރޮގްރާމަކީ ޖަޕާނުގެ އެއާޕޯޓުތަކުގައި ހުންނަ އައުޓްލެޓްތަކުގައި އެ ޕްރޮގްރާމުގައި ބައިވެރިވާ ގައުމުތަކުގެ ޕްރޮޑަކްޓްތައް ޑިސްޕްލޭކޮށް އަދި ޒިޔާރަތްކުރާ ފަރާތްތަކަށް ގަނެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެގޮތުން ދިވެހި އުފެއްދުންތައް ޖަޕާނުގެ ނަރީޓާ އެއާޕޯޓުންނާއި އަދި ކަންސައި އެއާޕޯޓުން މިހާރު ލިބެން ހުންނާނެކަމަށް ބީސީސީން ބުނެފައިވެއެވެ.

ބީސީސީން އިތުރަށް ބުނީ ޖަޕާންގެ އެކި ސަރަހައްދުތަކުގައި ޖެޓްރޯއިން އިންތިޒާމްކޮށްގެން ބާއްވާ ސޭލްސް އިވެންޓްތަކުގައިވެސް އޯތެންޓިކް މޯލްޑިވްސް ބްރޭންޑްގެ ދަށުން ވިއްކާ ދިވެހި ފަންނުވެރިންގެ އުފެއްދުންތައް ޑިސްޕްލޭކުރެވި ލިބެން ހުންނާނެކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި އެ ޕްރޮގްރާމުގެ ދަށުން ޖަޕާން މާކެޓުގައި ލިބެން ހުންނަ ދިވެހި އުފެއްދުންތަކުގެ އަދަދު އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަންއިން ކުރިއަށް ގެންދާ "ވަން ވިލެޖް ވަން ޕްރޮޑަކްޓް" ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އަމިއްލަ އުފެއްދުންތައް ޖަޕާން މާކެޓަށް ތައާރަފްކުރުމަށްޓަކައި މިއަދު ޖަޕާނުގައިވަނީ ރަސްމިއްތާތެއްވެސް ބާއްވާފައެވެ.

އެ ރަސްމިއްޔާތުގައި ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ހަސަން ސާބިރުއާއި ޖަޕާނުގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރު މުހައްމަދު އަމީތުގެ އިތުރުން ޖެޓްރޯއޮމް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ބީސީސީން ބުނީ ދިވެހި އުފެއްދުންތައް ޖަޕާން މާކެޓަށް ތައާރަފްކުރުމަށްޓަކައި ޖަޕާންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާކަމަށެވެ.

މި ލިއުމާއި ގުޅޭ