Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފީފާ

ވޯލްޑް ކަޕް ނިންމާލުމަށްފަހު ފީފާގެ ރައީސް ޗުއްޓީއަށް ރާއްޖެއަށް

ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ނިންމާލުމަށްފަހު, ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ ވަޑައިގެންފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންފަންޓީނޯ ޕްރައިވެޓް ޖެޓްގައި މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު، ޗުއްޓީ ހޭދަކުރައްވާނެ ކަމަށް ބެލެވެނީ ވޯލްޑޯފް އެސްޓޯރިއާ އިތާފުށީގައެވެ.

އިންފަންޓީނޯ ފީފާ ރައީސްކަމުގެ ދެވަނަ ދައުރެއް އަދާ ކުރަމުންދާއިރު، އަންނަ ދައުރުވެސް އޭނާ ހޮވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ވަނީ ލިބިފައެވެ. ސަބަބަކީ މިއަހަރު މާޗު މަހުގެ 30 ވަނަ ދުވަހު، ފީފާ ކައުންސިލުން ރައީސް ކަމުގެ އިންތިހާބަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތި ލައްވާފައިވަނީ މިހާރުގެ ރައީސް އިންފަންޓީނޯގެ އެކަންޏެވެ.

އިންފަންޓީނޯގެ މި ދަތުރުގައި ފުޓުބޯޅައިގެ އެއްވެސް މަޝްވަރާ އެއްގައި ބައިވެރި ނުވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ފީފާގެ ރައީސް މިއަދު ރާއްޖެއަށް ވަޑައިގެންފައިވާއިރު، ވޯލްޑް ކަޕްގައި ކުޅުނު މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ވަނީ ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އައިސްފައެވެ.

ރާއްޖެ އަކީ ދުނިޔޭގެ މަޝްހޫރު ގިނަ ކުޅުންތެރިން ޗުއްޓީ ހޭދަ ކުރުމަށް މަގުބޫލު މަންޒިލެކެވެ.

މި ލިއުމާއި ގުޅޭ