Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

އަނބިކަނބަލުންގެ ކޮރަޕްޝަން ފަޅާއަރުވާލުމުން އިމްރާނަށް ގޯސްވީ ދިޔަރެސް

މިނިސްޓްރީ އޮފް ޖެންޑާގެ ނައިބުވަޒީރެއްގެ މަޤާމުގައި ހުންނެވުމަށްފަހު ކިޔަވައިވިދާޅުވާން ތައިލޭންޑަށް ވަޑައިގެންނެވިފަހުން އަނބިކަނބަލުން ފާތިމަތު ޔުމްނާއަށް ސަރުކާރުން އެއްވެސް މުސާރައެއް ނުވަތަ އިނާޔަތެއް ނުލިބޭކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން ހެއްދެވީ އިތުރުފުޅުކަން "ދިޔަރެސް" އިން ހާމަ ކުރުމާއި ގުޅިގެން އިމްރާން "ދިޔަރެސް" އަށް ފާޑުވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި އިމްރާން ވިދާޅުވީ "ދިޔަރެސް" ހިންގަނީ ދޮގު ހަބަރު ފަތުރައިގެން އުފެދޭ އެނާޖީގައި (ހަކަތަ) ކަން އިންސާފާ ތެދު ގަބޫލު ކުރާ އެންމެނަށްވެސް އެނގޭކަމަށެވެ.

އިމްރާންގެ އަނބިކަނބަލުން ޔުމްނާ ތައިލޭންޑުގައި ޕީއެޗްޑީއަށް ތައުލީމު ހާސިލު ކުރައްވަން ހުންނަވާއިރު، ޖެންޑަރ މިނިސްޓްރީގެ ކޮންސަލްޓެންޓެއްގެ ވަޒީފާ ދީފައިވާކަން "ދިޔަރެސް" އިން ހާމަ ކުރުމުން އިމްރާން ވަނީ އެކަން ދޮގުކޮށްފައެވެ. އެހެން ނަމަވެސް އެފަހުން "ދިޔަރެސް" އިން ވަނީ އެކަމާއި ގުޅޭ ހެކިތައް ހާމަކޮށްފައެވެ. އެފަހުން އިމްރާން އެ ހެކިތަކަށް ސީދާ ރައްދު ދިނުމުގެ ބަދަލުގައި ޖުމްލަކޮށް "ދިޔަރެސް" އިން ފަތުރަނީ ދޮގު ހަބަރުތައް ކަމަށް ބުނެ ޓުވީޓުކޮށްފައިވެއެވެ.

މި މޭރުމުން އިމްރާން ޓުވީޓުކޮށްފައިވާއިރު އިމްރާން އަކީ ރާއްޖޭގެ ސިޔާސީ ފަރާތްތަކުގެ ތެރެއިން ފާޅުކަން ބޮޑު ގޮތެއްގައި އެންމެ ބޮޑެތި ދޮގު ހެދި އެކަކެވެ. މިގޮތުން ޑރ.އަފްރަޝީމް އަލީގެ މަރާއި ރައީސް ޔާމީނާއި ގުޅުވައި ވާހަކަ ދެއްކުމާއި، އެމްޑީޕީއަށް ހަރަދުކުރަނީ ފައްޅިތަކުން ކަމަށް ބުނެ އެކަމުގެ ހެކިތައްވެސް ހުރިކަމަށް އިމްރާން ބުނެފައިވެއެވެ.

މީގެ އިތުރުން އިމްރާނަށް ހަޑިމުޑުދާރު ގިނަ ތުހުމަތުތައް ކުރެވިފައިވެއެވެ. މިގޮތުން ފުލުހުންގައި މަސައްކަތްކުރި އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވިފައިވެއެވެ.

މި ލިއުމާއި ގުޅޭ