Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

އަންހެނުންނަށް ސަރުކާރުން ފައިސާއެއް ނުލިބޭކަމަށް ވިދާޅުވެ އިމްރާނު ހެއްދެވީ އިތުރުފުޅު، މިހުރީ ހެކި

މިނިސްޓްރީ އޮފް ޖެންޑާގެ ނައިބުވަޒީރެއްގެ މަޤާމުގައި ހުންނެވުމަށްފަހު ކިޔަވައިވިދާޅުވާން ތައިލޭންޑަށް ވަޑައިގެންނެވިފަހުން އޭނާގެ އަނބިކަނބަލުން ފާތިމަތު ޔުމްނާއަށް ސަރުކާރުން އެއްވެސް މުސާރައެއް ނުވަތަ އިނާޔަތެއް ނުލިބޭކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން ހެއްދެވީ އިތުރުފުޅުކަން ހާމަވެއްޖެއެވެ.

ސިޔާސީ މަޤާމުތަކުގައި ތިބޭ ފަރާތްތަކަށް ތައުލީމު ހާސިލުކުރަން ރާއްޖެއިން ބޭރަށްދާނަމަ ވަޒީފާ ދޫކޮށްލަންޖެހެއެވެ. އެ އުސޫލުގެ ދަށުން ޔުމްނާވަނީ މަޤާމުން އިސްތިއުފާދެއްވައި ކިޔަވާވިދާޅުވާން ވަޑައިގަތުމުން ޖެންޑާ މިނިސްޓްރީން ހިންގާ ދެ ޕްރޮޖެކްޓެއްގެ ކޮންސަލްޓޭންޓުކަން ޔުމްނާއަށް ހަމަޖައްސައިދީފައިވެއެވެ. އެއިން އެއް ޕްރޮޖެކްޓަކީ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް)އިން ހިންގާ ޕްރޮޖެކްޓެކެވެ.

އެސްކެޕްގެ ޕްރޮޖެކްޓުގެ މުސާރައާއި އިނާޔްތައް ދެނީ އެސްކެޕްއިންނެވެ. އެ މަޝްރޫޢުގައި މަސައްކަތްކުރަނީ ޖެންޑާ މިނިސްޓްރީގެ "އެލްޑާލީ ސެކްޝަން" ނުވަތަ އުމުރުން ދުވަސްވީ މީހުންނަށް ޚިދުމަތް ފޯރުކޮށްދޭ ސެކްޝަނާއެކުއެވެ.

ޔުމްނާ ކޮންސަލްޓޭންޓެއްގެ ގޮތުގައި މަސައްކަތްކުރާ ދެވަނަ މަޝްރޫޢަކީ ޖެންޑާ މިނިސްޓްރީގެ ޖެންޑާ ޓްރެއިނިން މެނުއަލް އަދާހަމަކުރުމުގެ މަޝްރޫޢެވެ. މި މަޝްރޫޢުގެ ކޮންސަލްޓޭންޓުކަން ޔުމްނާއަށް ހަމަޖައްސާފައިވަނީ ތިން ފަހަރެއްގެ މަތިން ކޮންސަލްޓޭންޓެއް ހޯދަން އިއުލާނުކޮށްގެންނެވެ. ފުރަތަމަ ކޮންސަލްޓޭންޓު ހޯދަން އިއުލާނުކުރީ 21 ސެޕްޓެންބަރުގައެވެ. އެ އިއުލާނުގެ މައުލޫމާތު ޝީޓަށް ބަދަލުތަކެއް ގެނެސް ދެވަނަ ބުރަށް އިއުލާނުކުރީ 22 ސެޕްޓެންބަރުގައި އިއުލާނުކުރިއެވެ. އެ އިއުލާނަށް އެކަށީގެންވާ މިންވަރަށް ތަރުހީބު ނުލިބުމުން އަނެއްކާ 18 އޮކްޓޯބަރުގައި އަލުން ކޮންސަލްޓޭންޓެއް ހޯދަން އިއުލާނުކރުިއެވެ.

ތިން ބުރަށް ކޮންސަލްޓޭންޓެއް ހޯދަން އިއުލާނުކުރީވެސް ޔުމްނާއަށް އެ ވަޒީފާ ލިބޭނެކަން ކަށަވަރުކުރުމަށްކަމުގައި "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ޖެންޑާ މިނިސްޓްރީގެ ވެރިޔާ ވިދާޅުވިއެވެ. 3 ވަނަ ފަހަރުގެ އިއުލާނާ ގުޅިގެން ކޮންސަލްޓޭންޓުގެ ވަޒީފާ ހޯދުމަށް ތިން ފަރާތަކުން ކުރިމަތިލިއިރު، އެ ތިން ފަރާތުގެ ތެރެއިން ތަޖުރިބާއަށާއި ހުށަހެޅި އަގަށް ބަލާއިރު އެންމެ މަތިން މާކުސް ލިބުނު ފަރާތަށް މަސައްކަތް ހަވާލުނުކުރަން ނިންމާފައިވަނީ އިންޓަވީއުގެ މަރުހަލާއިން އެ ފަރާތަށް ލިބުނު މާކްސް ދަށްކޮށްގެންނެވެ. އެ މާކަސް ޝީޓުގެ ކޮޕީއެއް "ދިޔަރެސް"އަށްވަނީ ލިބިފައެވެ.

ޖެންޑާ މިނިސްޓްރީގެ މަސްއޫލުވެރިއެއް ނަންނުޖެހުން ޝަރުތުކުރައްވައި ވިދާޅުވީ ޔުމްނާއަށް ކޮންސަލްޓޭންޓުގެ ވަޒީފާ ހަމަޖައްސަން އިންޓަވީއު މަރުހަލާއިން އޭނާއަށް ލިބުނު މާސްކު އިތުރުކޮށް އޭނާއާ ވާދަކުރި ތަޖުރިބާގެ ގޮތުންނާއި އަގުގެ ގޮތުންވެސް މަތިން މާކުސް ލިބުނު ފަރާތުގެ މާކުސް ދަށްކުރީ ކަމަށެވެ.

ޔުމްނާއަށް ކޮންސަލްޓެންޓުކަން ޖެންޑާ މިނިސްޓްރީން ދީފައިވަނީ އިމްރާނު ރުއްސައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އޭނާގެ ތާއީދު ކަށަވަރުކުރުމަށް ކުރިކަމެއްކަން ރައީސް އޮފީހުގެ އިސްވެރިޔަކުވަނީ "ދިޔަރެސް"އަށް ކަށަވަރުކޮށްދެއްވާފައެވެ.

އިމްރާނަކީ އެކި ކަންކަމުގައި އާންމުކޮށް އިތުރުފުޅުހައްދަވައި އޮޅުވާލައްވާ ބޭފުޅެކެވެ. އެގޮތުން ރައީސް ޢަބްދުﷲ ޔާމީނާ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުވައިލުމާއި ޑރ.އަފްރާޝީމް އަލީގެ ޤަތުލާ ގުޅުންހުރިކަމުގެ ހެކި އެބަހުރިކަމަށް ވިދާޅުވެ އިތުރުފުޅުހައްދަވާފައިވެއެވެ.

މި ލިއުމާއި ގުޅޭ