Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިޔާ ހައިކޮމިޝަން

އިންޑިއާ ސަފީރުގެ ގެއަށް ބައެއް ނޫސްތަކުގެ އެޑިޓަރުން ހާޒިރުކޮށްފި

އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މޫނޫ މަހާވަރުގެ ގެއަށް ދިވެހިރާއްޖޭގެ ބައެއް ނޫސްތަކުގެ އެޑިޓަރުން ހާޒިރުކޮށްފިއެވެ.

އިންޑިއާ ސަފީރުގެ އެންގުމަކަށް ރޭ ބައެއް ނޫސްތަކުގެ އެޑިޓަރުން ސަފީރުގެ ގޭގައި އޮތް ބައްދަލުވުމަކަށް ގޮސްފައިވާއިރު މި ބައްދަލުވުމުގައި ދެއްކި ބައެއް ވާހަކަތައް އެ ބައްދަލުވުމުގެ ބައިވެރިން ވަނީ "ދިޔަރެސް" އާއި ހިއްސާކޮށްފައެވެ.

މިގޮތުން ރާއްޖޭގެ ސިޔާސީ މަސްރަހުގެ ވާހަކަ ވަރަށް ބޮޑަށް ދެކެވުނު އިރު، ރައީސް ޔާމީން އާއި ގުޅޭ ވާހަކަތައް ވަރަށް ގިނައިން އިންޑިއާ ސަފީރު ދެއްކި ކަމަށް ބައްދަލުވުމުގެ ބައިވެރިއަކު މައުލޫމާތު ދިނެވެ.

އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ މީޑިއާތަކަށް ނުފޫޒު ފޯރުވާކަމީ އެންމެން ދަންނަ ހަގީގަތެކެވެ. ރާއްޖޭގެ ވަރަށް ގިނަ ނޫސްތަކަށް އިންޑިއާ ހައިކޮމިޝަނުން ސީދާ ހަރަދުކުރެއެވެ. އަދި ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާ ކުންފުނިތައް މެދުވެރިކޮށްވެސް ހައިކޮމިޝަނުން ފައިސާ ހަރަދުކުރެއެވެ.

ނޫސްތަކުގެ އެޑިޓަރުންނާއި ބައްދަލުކޮށް އިންޑިއާ ސަފީރު ރައީސް ޔާމީން އާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައިވާއިރު، ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އާރަށުގެ މައްސަލާގައި ހުކުމް ކުރުމުގެ މަޖިލީސް އަންނަ އާދީއްތަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.

މި ލިއުމާއި ގުޅޭ