Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދަތުރުފަތުރު

ރައީސްގެ ކޮންމެ ދަތުރުފުޅަކުން އެހީއެއް ނުލިބޭނެ: މިއުވާން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރާއްޖެއިން ބޭރަށް ކުރައްވާ ކޮންމެ ދަތުރުފުޅަކީ އެ ދަތުރުފުޅުތަކުގެ ތެރެއިން ސަރުކާރަށް މާލީ އެހީތެރިކަން ހަމަޖެހޭނެ ދަތުރުތަކެއް ނޫންކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިއުވާން ވިދާޅުވީ ރައީސް ބޭރު ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ އަގު ކަނޑައަޅާނީ ނުވަތަ ވަޒަންކުރާނީ ހަމައެކަނި އެ ދަތުރުފުޅުތަކުން ހަމަޖެހޭ މާލީ އެހީތެރިކަމަށް ބަލައިގެން ނޫން ކަމަށެވެ.

މިއުވާން ފާހަގަކުރެއްވި ގޮތުގައި އެ ދަތުރުފުޅުތަކުގެ ތެރެއިން ބައެއް ދަތުރުފުޅުގެ ބޭނުމަކީ އެ ޤައުމުތަކާއި ދިވެހިރާއްޖެއާ އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުންކަމަށާއި، ރާއްޖެއިން ގިނަ ދައުލަތްތައް ބައިވެރިވާ އިންތިޒާމުތަކުގެ ތެރެއިން ކުރަން ބޭނުންވާ ކަންކަމަށް އެއްބާރުލުން ހޯދުމަކީވެސް އެފަދަ ދަތުރުފުޅުތަކުގެ ބޭނުމެއްކަމަށް މިއުވާން ވިދާޅުވިއެވެ.

"ކޮންމެ ދަތުރެއްގެ ވެލިއު މިބަލަނީ ދަތުރު ނިންމާފައި ލިބޭ ހިލޭ އެހީ ނުވަތަ ލޯނު އެހީއެއް ނޫން، އެހެންވެސް އެހީއެއްގެ ވާހަކައެއް ނޫން," މިއުވާން ވިދާޅުވިއެވެ.

މިއުވާން މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ޞާލިޙާއި އެމަނިކުފާނުގެ ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ބޭރަށް ކުރައްވާ ދަތުރުފުޅުތަކާ ގުޅިގެން މީހުންގެ ފާޑުކިޔުން އަމާޒުވުމުން މީގެ ކުރިން ޝާހިދު ވިދާޅުވެފައިވަނީ ރައީސް އަދި ވަޒީރުގެ ދަތުރުފުޅުތަކުގެ ތެރެއިން ރާއްޖޭގެ ތާރީޚުގައި ކުރިން ދުވަހަކުވެސް ނުލިބޭ މިންވަރަށް ހިލޭ އެހީ ލިބިފައިވާ ކަމަށެވެ.

ރައީސް ޞާލިޙުގެ ދަތުރުފުޅުތަކަށް ހަމައެކަނި 2021 ވަނަ އަހަރުގައި ދައުލަތުގެ ބަޖެޓުން ސޯޅަ މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. އަދި މި އަހަރު ކުރެއްވި ގިނަ ދަތުރުފުޅުތަކަށް ކުރި ޚަރަދު ހާމަކުރަން ސަރުކާރުންވަނީ ދެކޮޅުހަދާފައެވެ.

މި ލިއުމާއި ގުޅޭ