Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އަހްމަދު ސަލީމް (ހޯރަފުށި)

ސަލީމު "ދިޔަރެސް"އާ ދެކޮޅަށް ހުށަހެޅުއްވި މައްސަލަ ސާބިތުނުވާކަމަށް ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމު "ދިޔަރެސް"އާ ދެކޮޅަށް މީޑިއާ ކައުންސިލަށް ހުށަހެޅި މައްސަލަ ސާބިތުނުވާކަމަށް ނިންމައިފިއެވެ.

ސަލީމު މީޑިއާ ކައުންސިލަށް ހުށަހެޅުއްވި މައްސަލައަކީ، ހޯރަފުށީ ކައުންސިލަރެއްގެ މައްޗަށް ތުހުމަތުވާ ކޮރަޕްޝަނުގެ މައްސަލައެއް އޭސީސީން ބަލަމުންދިޔަ ވަގުތު އެ މައްސަލާގައި ހިމެނޭ ހެކިންނަށް ސަލީމު ނުފޫޒު ފޯރުއްވާކަމަށް ހެކިވެރިޔަކު ބުނުމާ ގުޅިގެން "ދިޔަރެސް"ގައި ޝާއިއުކުރި ޚަބަރެކެވެ.

މި މައްސަލައަކީ ހޯރަފުށީގައި ހުންނަ ރަށްވެހިގެ އޯކިޑުވިލާ މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ފަރާތަކާ ހަވާލުކުރުވައިގެން، އެ މަސައްކަތް ކުރުވުމަށްފަހު، މަސައްކަތުގެ އަގަށްވާ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރިކަމަށް ތުހުމަތުވާ މައްސަލައެކެވެ.

މި މައްސަލާގައި ތުހުމަތުވާ ފަރާތަކީ ނިމުނު ދައުރުގައިވެސް އެ ރަށު ކައުންސިލުގެ މެންބަރެއްގެ ގޮތުގައި ހުންނެވި އިބްރާހީމް ޝާކިރެވެ. އެ މައްސަލައަކީ މި ދައުރުގެ ކުރިން ފެންމަތިވި މައްސަލައެކެވެ.

މި މައްސަލާގައި ހިމެނޭ ހެކިވެރިއަކަށް ގުޅައި އޭނާގެ ހެކިބަސް ވަކި ގޮތަކަށް ދިނުމަށް ސަލީމު އެދިވަޑައިގަންނަވާކަމަށް ބުނެ މީހަކު ވާހަކަދައްކާފައިވާކަމަށް އެ މައްސަލާގައި ހިމެނޭ ހެކިވެރިޔަކު "ދިޔަރެސް"އަށް މައުލޫމާތު ދީފައިވެއެވެ.

"އޭސީސީއަށް ދީފައި އޮތް ބަޔާން ބަދަލުކޮށް، މަސައްކަތުގެ އަގަށްވާ ފައިސާ ލިބުނުކަމަށް ބުނަން އަހަރެން ކައިރިން އެދުނީ މިހާރު ކައުންސިލުގެ މެންބަރެއް. އެ ފައިސާ އަހަރެންނަށް ދޭނެކަމަށް ސަލީމު ބުނި ކަމުގައި އޭނާ ބުނީ. ސަލީމު އެދެނީ އެ މައްސަލާގައި އަހަރެން ދިން ބަޔާން ބަދަލުކުރަން،" އެ މައްސަލާގައި ހެކިބަސް ދީފައިވާ މީހާ "ދިޔަރެސް"އަށް މައުލޫމާތު ދެމުން ބުންޏެވެ.

ސަލީމު މީޑިއާ ކައުންސިލަށް މި މައްސަލަ ހުށަހަޅުއްވާފައިވަނީ އޭނާގެ އަބުރަށް އުނިކަން ލިބޭ ގޮތަށް "ދިޔަރެސް" ނޫހުން ރިޕޯޓުކުރިކަމަށާއި، އެ ޚަބަރަކީ މީޑިއާއިން ތަބާވާންޖެހޭ އަޚުލާޤީ މިންގަނޑުތަކާ ޚިލާފަށް ލިޔެ ޝާއިއުކުރި ޚަބަރެއްކަމަށް ވިދާޅުވެއެވެ. ނަމަވެސް އެ މައްސަލާގައި "ދިޔަރެސް"އިން ސަލީމަށް ގުޅައި އޭނާގެ ބަހެއްވެސް ހޯދާފައިވެއެވެ.

އެކަމާ ގުޅިގެން "ދިޔަރެސް"އާ ވާހަކަދައްކަވަމުން ސަލީމު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. "ނުވެސް ދެނަހުރި އިޝޫއެއްގެ ވާހަކަ ތި ފަތުރަން އުޅެނީ. ތީ ވަރަށް ދެރަކަމެއް. އިބްރާހީމް ޝާކިރުގެ މައްސަލައެއް އަދި އެހެން މީހެއްގެ މައްސަލައެއް ބަލާކަމެއްވެސް ނޭނގޭ. އިބްރާހީމް ޝާކިރުވެސް ނުބުނޭ. އެހެން މީހަކުވެސް ނުބުނޭ. ދެން މައްސަލަ ނޭނގި ކިހިނެއް އެއްޗެއް ބުނާނީ،" ސަލީމު ވިދާޅުވިއެވެ.

މި މައްސަލަ ނިންމައި އެމްއެމްސީއިން ފޮނުވި ރިޕޯޓުގައި ބުނެފައިވަނީ އެ ޚަބަރުގައި ތުހުމަތުވާ ފަރާތްތަކުގެ ބަސް ހިމަނާފައިވާ ކަމަށާއި، އަދި އެ ފަރާތްތަކުގެ ބަސް ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ޚަބަރުގައި މީޑިއާއިން އަމަލުކުރަންޖެހޭ އަޚުލާޤީ މިންގަނޑުތަކާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ ޚިލާފު އެއްވެސް ކަމެއް ނެތްކަމަށް އެމްއެސީން ނިންމިއެވެ.

ސަލީމުގެ ހިއްސާ އޮންނަ ރާއްޖެޓީވީގައި ކުރިން މަސައްކަތްކުރި ނޫސްވެރިޔާ އަޙްމަދު ނަސީރު އެއްޖިންސުން ގުޅުންހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކުރި ފަރާތުން އެ ވީޑިއޯއިން ފެންނަނީ ސަލީމުކަމަށް ތުހުމަތުކުރި ޚަބަރު "ދިޔަރެސް"ގައި ޝާއިއުކުރުމުން 10 މިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށް ސިވިލް ކޯޓުގައި ސަލީމު އޮތީ ދައުވާކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ