Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އިބްރާހީމް ޝަރީފު

ސަރުކާރުން ހޯދި ނާޖާއިޒު މަންފާއެއް ނޯންނާނެ: މަވޯޓާ ޝަރީފު

ސަރުކާރުން އޭނާ ހޯއްދެވި އެއްވެސް ނާޖާއިޒު މަންފާއެއް ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ އޭނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރައްވަނީ ސަރުކާރުގެ ތެރެއިން ޝަރީފަށް ބޮޑެތި މަންފާތަކެއް ލިބިވަޑައިގަންނަވާތީކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ތުހުމަތުކުރުމާ ގުޅިގެންނެވެ.

އޭނާ މިއަދު ކުރެއްވި ޓުވީޓެއްގައި ޝަރީފު ވިދާޅުވެފައިވަނީ ސަރުކާރުން ބޮޑެތި މަންފާތައް ހޯއްދަވާ ބައެއް ބޭފުޅުން އެހެން މީހުންނާ ދިމާލަށް ތާއަބަދު ތުހުމަތުގެ އިނގިލި ދިއްކުރައްވަމުން ގެންދަވާ ކަމަށެވެ.

އަދި ސަރުކާރުން އޭނާ ކުރި ވައްކަމެއް އަދި ހޯދި ނާޖާއިޒު މަންފާއެއް ނޯންނާނެކަމަށް ޝަރީފު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާއަށް ކުރާ ތުހުމަތުތަކަކީ ސިޔާސީ ބޭނުމެއްގައި އަބުރު ކަތިލަން ކުރާ ތުހުމަތުތަކެކެވެ.

ސަރުކާރުން އެކި ވަރުވަރުގެ ކޮންޓްރެކްޓުތައް ނަންގަވައިގެން ތިއްބެވި ބޭފުޅުންނާއި ސަރުކާރަށް ބޮޑު އަގުގައި ތަކެތި ވިއްކަވާ ބޭފުޅުން އެހެން މީހުންނަށް ތުހުމަތުގެ އިނގިލި ދިއްކުރެއްވުން ވަނީ ހެއްވާ ކަމަކަށް ކަމުގައި ޝަރީފު ވިދާޅުވިއެވެ.

ޝަރީފުވަނީ އޭނާ ސަރުކާރުން ހޯދި ކޮންޓްރެކްޓެއް އަދި ސަރުކާރަށް ވިއްކި މުދަލެއް ނުވަތަ ކުއްޔަށް ދިން އެއްވެސް އެއްޗެއްވެސް ނޯންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އޭނާ ވިދާޅުވި ގޮތުގައި ބައެއް ސިޔާސީ ލީޑަރުން ކެމްޕޭންކުރައްވައި ރައްޔިތުންގެ ތާއީދު ހޯއްދަވަން ބޭނުންކުރައްވާ ހަމައެކަނި އުކުޅަކީ އެހެން މީހުންގެ ބޮލުގައި ދޮގު ތުހުމަތުތަކާއި ވަގު ބަދުނާމު އެޅުވުމެވެ. އަދި އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އަމާނާތްތެރިވެފައި އަމިއްލަ އެދުމެއް ނޯންނަނީ ހަމައެކަނި އެ ބޭފުޅުންނެވެ.

ޝަރީފުގެ ވާހަކަފުޅުގައި އެ އިޝާރާތްކުރައްވަނީ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް ކަމުގައި ބެލެވެއެވެ. ޝަރީފުވަނީ ނަޝީދަކީ ފަންސާސް މީހަކު މަރައި އެކަން ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ އިސްތަށިފުޅުގައި އަޅުއްވަން ރޭއްވެވި ބޭފުޅެއްކަމަށްވެސް ތުހުމަތުކުރައްވާފައެވެ.

ސަރުކާރުން ނާޖާއިޒު މަންފާއެއް ލިބިވަޑައިނުގަންނަވާކަމަށް ޝަރީފު ވިދާޅުވިއިރު އޭނާގެ ދަރިކަނބަލުން މިޒްނާ ޝަރީފަށް މެލޭޝިޔާގެ ހައިކޮމިޝަނުގެ ޑެޕިއުޓީ ހައިކޮމިޝަނަރުގެ މަޤާމު ދީފައިވެއެވެ. އަދި އޭނާ ގެންދަވަނީ އެ މަޤާމުގެ އިނާޔްތްތަކުގެ ގޮތުގައި ނެންގެވޭނެ މިންވަރަށްވުރެ ބޮޑު އަދަދެއް ނަންގަވަމުންނެވެ.

މި ލިއުމާއި ގުޅޭ