Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެޗްޕީއޭ

ފޯކާއި ސުޕާރީ އިން ދުރުހެލިވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި

އަނގަޔާއި ކަރުތެރޭގެ ކެންސަރުން ރައްކާތެރިވުމަށް ސުޕާރީ އަދީ ފޯއް ކެއުމުން ދުރުހެލިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭގެ ސްޓެޕް ސާރވޭއިން ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ކޮންމެ 5 މީހުންގެ ތެރެއިން 4 މީހުންނަކީ ދުފާއިރު ފޯއް އަދި ސުޕާރީ ބޭނުންކުރާ މީހުނެވެ. އަދި މީގެ ދެބައިކުޅަ އެއްބައި މީހުންނަކީ ކޮންމެ ދުވަހަކުވެސް ފޯއް ނޫނީ ސުޕާރީ ބޭނުން ކުރާ މީހުންކަމަށް އެޗް.ޕީ.އޭގެ ސާވޭއިން ދައްކައެވެ. އިންސައްތައިން ބަލަންޏާ މިއީ މުޅި ރާއްޖޭގެ 56.2 އިންސައްތަ މީހުންނެވެ.

އަނގަޔާއި ކަރުގެ ކެންސަރުގެ ފުރަތަމަ ދައްކަފާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި ދިރުވަން އުނދަގޫވުން، ކެއްސާއިރު ލޭއައުން، ގައިން ވަރުދެރަވެ މީހާ ހިކިވެ އަނަރޫފަވުން ކަހަލަ ވޭންދެނިވި ކަންކަން ހިމެނެއެވެ. ސިނގިރޭޓުން، ރަލުން، ރާއްޖޭގެ 56.2% މީހުން ދުފާއިރު ބޭނުން ކުރާ ފޯއް، ބިލަތް، ސުޕާރީ، ހުނި، އަފި ކާ ދުންފަތުން މިދެ ކެންސަރު ޖެހުމަށް މަގުފަހިކޮއްދެއެވެ.
ކާލައިގެން ދުފާއިރު އަނގަމީރު ކޮށްލުމަށް ފޮނިތޮށި، ކަރަންފޫ، ނޫނީ ކާފޫރުތޮޅު ބޭނުންކޮށްގެން ވޭންހުރި ތަޖުރިބާއެއް ކަމަށްވާ އަނގަޔާއި ކަރުތެރޭގެ ކެންސަރުން ރައްކާތެރިވުމަށް، އެޗް.ޕީ.އޭ އަދި އެހެން ސިއްހަތާ ބެހޭ ޖަމިއްޔާތަކުން ނަސޭހަތްތެރިވެއެވެ.
މި ލިއުމާއި ގުޅޭ