Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

މާލެ ސިޓީ ކައުންސިލުން ކުންފުނި ހަދަން ހުށަހެޅި ހުށަހެޅުމަށް އަހަރެއްވީއިރު ޖަވާބެއް ނުދޭ: މޭޔަރު

ލާމަރުކަޒީ ޤާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލުން ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފެއްދުމަށް ހުށަހެޅިތާ އަހަރެއްހައި ދުވަސްވެފައިވާއިރު އެ ހުށަހެޅުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން އަދި އެއްވެސް ޖަވާބެއް ދީފައިނުވާކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްގެންދިޔަ ސިޓީ ކައުންސިލުގެ ޖަލްސާ ފައްޓަވަމުން މޭޔަރު ވިދާޅުވީ ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފެއްދުމަށް ރަށެއްގެ ކައުންސިލަކަށް ހުއްދަ ދީފައިވާތީ އެކަމާ އުފާކުރައްވާ ކަމަށެވެ. ނަމަވެސް މީގެ އަހަރެއްހައި ދުވަސްކުރިން މާލެ ސިޓީ ކައުންސިލުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށް ލިޔެކިޔުންތަކާއެކު ހުށަހަޅާފައިވާކަމަށާއި އެކަމަށް އަދިވެސް އެއްވެސް ޖަވާބެއް ދީފައިނުވާކަމަށް މޭޔަރު ވިދާޅުވިއެވެ.

"އެއް އަހަރަށްވުރެ ގިނަ ދުވަސްވީ މާލެ ސިޓީ ކައުންސިލުން ލޯކަލް އޮތޯރިޓޯ ކޮމްޕެނީ ރަޖިސްޓަރީކުރަން ހުށަހަޅާފައި އޮންނަތާ. އެހެންނަމަވެސް މާލެ ސިޓީ ކައުންސިލުން ހުށަހެޅި ހުށަހެޅުން ފާސްކޮށްދީފައިނުވޭ. ޖަވާބެއްވެސް ނުދެއްވާ. އެއްވެސް ސިޓީއަކަށް ލިޔެކިޔުމުން ޖަވާބެއް ދީފައި ނެތް،" މޭޔަރު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ލޯކަލް އޮތޯރިޓީ ކުންފުނި ރަޖިސްޓަރީކުރަން ހުށަހެޅީ ނިމުނު އަހަރުގެ ސެޕްޓެންބަރު ހިސާބުގައެވެ. އެހެންކަމުން އެ ހުށަހެޅުން ހުށަހެޅިތާ އަހަރަކަށްވުރެ ގިނަ ދުވަސް މިހާރުވަނީ ފާއިތުވެފައެވެ. މޭޔަރު ފާހަގަކުރެއްވި ގޮތުގައި ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށް ފުރިހަމަކުރަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފުރިހަމަކޮށް އެންމެ ފުރަތަމަ ހުށަހެޅި ކައުންސިލަކީ މާލެ ސިޓީ ކައުންސިލެވެ.

މޭޔަރު އިތުރު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ކުންފުނި އުފެއްދުމަށް މާލެ ސިޓީ ކައުންސިލުން ހުށަހެޅި ފަހުން ލޯކަލް އޮތޯރިޓީ ކުންފުނި ރަޖިސްޓަރީކުރުމާ ގުޅޭ ޤަވާއިދަށްވެސް އިސްލާހުތަކެއް ސަރުކާރުން ގެނެސްފައިވެއެވެ. މޭޔަރު ފާހަގަކުރެއްވި ގޮތުގައި ލޯކަލް އޮތޯރިޓީ ކައުންސިލު އުފެއްދުމާ ގުޅޭ ޤަވާއިދަށް ސަރުކާރުން އިސްލާހުތަކެއް ގެނައީ މާލެ ސިޓީ ކައުންސިލުން ކުންފުނި އުފައްދަން ހުށަހެޅިތާ 8 ވަރަކަށް މަސް ފަހުންނެވެ.

ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށް ހުށަހެޅި ގިނަ އަދަދެއްގެ ކައުންސިލުތަކުގެ ތެރެއިން މިހާތަނަށް އެކަމުގެ ހުއްދަ ދިނީ އެންމެ ކައުންސިލަކަށެވެ. އެއީ އއ.ތޮއްޑޫ ކައުންސިލަށެވެ. އެ ކައުންސިލުން އުފައްދަން އެދުނު ކުންފުނި އުފެއްދުމުގެ ހުއްދަދިނުމާއެކު އެ ކުންފުނި މިހާރުވަނީ ރަޖިސްޓަރީކޮށްފައެވެ.

މި ލިއުމާއި ގުޅޭ