Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބްރެޒިލް

ފީފާ ރޭންކިންގެ އެއްވަނައިގައި އަދިވެސް އޮތީ ބްރެޒިލް!

ދުނިޔޭގެ ފުޓުބޯޅަ މައި އިދާރާ ފީފާއިން ކަނޑައަޅާ ދުނިޔޭގެ ރޭންކިންގެ އެއްވަނަ، ދުނިޔޭގެ ތަށި ފަސްފަހަރު ކާމިޔާބު ކުރި ބްރެޒިލް އިން މިފަހަރުވެސް ހޯދައިފިއެވެ.

ބްރެޒިލަށް ފީފާ ރޭންކިންގެ އެއްވަނަ ލިބުނީ ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު، މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އޭގެ ކުރިން ޖެހިޖެހިގެން ތިން އަހަރު އެއްވަނަ މަގާމުގައި ބެލްޖިއަމް އޮތް ނަމަވެސް މިއަހަރު އެޓީމަށް ވަނީ އެމަގާމު ގެއްލިފައެވެ. އެޓީމް މިވަގުތު އޮތީ ރޭންކިންގެ ހަތަރުވަނައިގައެވެ.

ފީފާ ރޭންކިންގެ އެއްވަނައިގައި އެންމެ ގިނަ ދުވަހު ހިފައްޓާލި ކަމުގެ ރިކޯޑް އޮތީ ވެސް ބްރެޒިލަށެވެ. އެޓީމް ވަނީ ފީފާ ރޭންކިން އެއްވަނައިގައި 4731 ދުވަސް ހޭދަކޮށްފައެވެ.

މި މަހުގެ 22 ވަނަ ދުވަހު އިއުލާނުކުރަން ނިންމާފައިވާ ރޭންކިން ލިސްޓުކަމަށް ބައެއް މަސްދަރުތަކުން ބުނެފައިވާ ލިސްޓަށް ބަލާއިރު:

  • 1: ބްރެޒިލް
  • 2: އާޖެންޓީނާ
  • 3: ފްރާންސް
  • 4: ބެލްޖިއަމް
  • 5: އިންގްލެންޑް
  • 6: ނެދަލަންޑްސް
  • 7: ކްރޮއޭޝިއާ
  • 8: އިޓަލީ
  • 9: ޕޯޗުގަލް
  • 10: ސްޕެއިން

މި ލިސްޓުގެ އެއްވަނަ މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި އާޖެންޓީނާ އަށް ނުލިބުނު ސަބަބެއް ކަމުގައި ބުނެފައިވަނީ ގަތަރުގައި ބޭއްވި ވޯލްޑް ކަޕުގައި އެއް މެޗުން ބަލިވެ، ދެމެޗެއްގެ ނަތީޖާ ޕެނަލްޓީ ޖަހައިގެން ނެރެން ޖެހުމާއި ގުޅިގެންނެވެ.

މި ކަމާމެދު ބައެއް ސަޕޯޓަރުންގެ ފާޑު ކިޔުންތަކެއް އަމާޒުވެފައިވާއިރު، ފީފާއިން ގައުމުތައް ރޭންކުކުރަނީ ސައިންޓިފިކް ފޯމިއުލާއެއް ބޭނުން ކޮށްގެންނެވެ.

އާޖެންޓީނާއަށް މިފަހަރު ފީފާ ރޭންކިންގެ އެއްވަނަ ނުލިބުނު ނަމަވެސް އެޓީމުން ވަނީ 2007 ވަނަ އަހަރާއި 2016 ވަނަ އަހަރު ފީފާ ރޭންކިންގެ އެއްވަނަ ހޯދާފައެވެ. އަދި 2001 ވަނަ އަހަރާއި 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ރޭންކިންގެ ދެވަނަ އެޓީމުން ހޯދި އެވެ.

މިފަހަރުގެ ރޭންކިންގެ އެންމެ ބޮޑު ކުރިއެރުމެއް ހޯދައިފައިވަނީ މޮރޮކޯ އާއި އޮސްޓްރޭލިއާ އެވެ. އެގޮތުން މޮރޮކޯ އާއި އޮސްޓްރޭލިއާ ވަނީ 11 ދަރަޖައިގެ ކުރިއެރުމެއް ހޯދައިފައެވެ.

ފީފާ ވާލްޑް ކަޕްގެ ތިންވަނަ ޓީމަކަށް މިފަހަރު ހޮވުނީ ރޭންކިންގެ 11 ވަނަ ލިބުނު މޮރޮކޯ އަށެވެ. ދެވަނަ ފްރާންސް އިން ހޯދިއިރު، ފަޚުރުވެރި އެއްވަނަ މަގާމު އާޖެންޓީނާއިން ވަނީ ހޯދައިފައެވެ.

މި ލިއުމާއި ގުޅޭ