Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލައަނަލް މެސީ

ވޯލްޑް ކަޕަށްފަހު ރިޓެއާ ކުރާނެ ކަމަށް ކުރިން ބުނި ނަމަވެސް، މެސީގެ ވިސްނުން ބަދަލުވެއްޖެ!

ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ އުހުގައި ފިޔަ ޖަހަމުންދާ އެއް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ދެބަސް ނުވާ އާޖެންޓީނާ އަށް އުފަން، އެގައުމުގެ ގައުމީ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ވަނީ ވާލްޑް ކަޕަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެކަން އިއުލާނު ކޮށްފައެވެ. ނަމަވެސް މިހާރު މެސީގެ ވިސްނުން ބަދަލުވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މެސީގެ ފުޓުބޯޅަ ކެރިއަރުގައި އޭނާއަށް ނުލިބިވާ އެންމެ ބޮޑު މުބާރާތަކީ ދުނިޔޭގެ ވާދައިގެ ތައްޓަށް ކުޅޭ "ވޯލްޑް ކަޕް" އެވެ. މިފަހަރުގެ މުބާރާތުން އެކަމަށް ވެސް ނިމުން ގެނެސްފިއެވެ.

އުމުރުން 35 އަހަރުގެ މެސީގެ މޮޅު ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުން ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށް އާޖެންޓީނާ ތިންވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދި އިރު މެސީ ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ.

ވޯލްޑް ކަޕް ފެށުމުގެ ކުރިން މެސީ ވަނީ މި މުބާރާތަކީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕު ކަމަށް ބުނެފައެވެ. ނަމަވެސް ފުޓްބޯޅައިގެ އެންމެ އިތުބާރު ހިފޭ މަސްދަރުތަކުން ވަނީ މިއަހަރުގެ ތަށި އާޖެންޓީނާއިން އުފުލުމާއި އެކީ އެޓީމުން ރިޓަޔާ ނުކުރަން މެސީ ނިންމާފައިވާކަން ހާމަ ކޮށްފައެވެ.

މެސީ އާ ގުޅޭގޮތުން ބައެއް ރިޕޯޓްތައް ބުނާ ގޮތުން މެސީ މިހާރު ރިއެއާ ވުމުގެ ޚިޔާލެއް ނެތެވެ. އަދި އޭނާ ބޭނުން ވަނީ ގައުމީ ޖަރޒީގައި ކުރިއަށް އޮތްތާނގައި އަދިވެސް ގިނަ ކާމިޔާބީތަކެއް ހޯދުމެވެ.

އާޖެންޓީނާގެ ގައުމީ ޓީމަށް މެސީ ވަނީ 172 މެޗް ކުޅެދީ 98 ގޯލް ކާމިޔާބުކޮށްދީފައެވެ. އާޖެންޓީނާ އިން ވޯލްޑް ކަޕް އެންމެ ފުރަތަމަ ކާމިޔާބު ކުރީ 1978 ވަނަ އަހަރު އެވެ. އޭގެ ފަހުން 1986 އަހަރު ހޯދުމަށްފަހު މެސީގެ ކެޕްޓަން ކަމުގެ ދަށުން އޭގެ 36 އަހަރު ފަހުން މިވަނީ ކާމިޔާބުކޮށްފައެވެ.

މި ކާމިޔާބަކީ މެސީ އަށް އެތައް ގޮތަކުން ޚާއްސަ ކާމިޔާބީއެކެވެ. ގައުމަށް ތަށި ހޯދައި ދިނުމުގެ އިތުރުން މެސީ އަށް ވަނީ މިފަހަރުގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް އޭނާ ވަނީ ހޯދައިފައެވެ. އަދި މިއީ އޭނާ އަށް ސަޕޯޓް ކުރާ ސަޕޯޓަރުންނަށް ވެސް އުފާވެރިކަން ގެނެސްދިން ކާމިޔާބީ އެކެވެ.

މެސީ ފުޓުބޯޅަ ކުޅުން ހުއްޓާލާނެ ކަން އިއުލާނު ކުރުމުން އޭނާގެ ސަޕޯޓަރުންނަށް ލިބުނު މާޔޫސް ކަން މިހާހިސާބުން މިވަނީ ނިމުމަކަށް އައިސްފައެވެ. ދެން އަންނަ ވޯލްޑްކަޕްގައި ވެސް ފެނުމުގެ ފުރުސަތު އެބައޮތެވެ.

މި ލިއުމާއި ގުޅޭ