Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އީލަން މަސްކު

ޓުވިޓާގެ ސީއީއޯގެ މަޤާމު ދޫކޮށްލަންވީތޯ ބަލަން މަސްކު ޕޮލްއެއް ފަށައިފި

ޓުވިޓާގެ އޯނަރު އީލަން މަސްކު އެ ކުންފުނީގެ ސީއީއޯގެ މަޤާމުން ވަކިވާންވީތޯ ބެލުމަށް ޓުވިޓާގައި ޕޮލްއެއް ފަށައިފިއެވެ. އެ ޕޮލް ފަށަމުން އޭނާ ބުނެފައިވަނީ ގިނަ ބަޔަކު ބޭނުންވާ ގޮތަށް އަމަލުކުރާނެ ކަމަށެވެ.

މި ޕޮލް ނިމުމަކަށް އަންނާނީ ހޯމަދުވަހުއެވެ. ހޯމަދުވަހު ޕޮލް ނިމުމަކަށް އައި ނަމަވެސް ސީއީއޯގެ މަޤާމުން ދުރަށްދާނެ ވަކި ވަގުތެއް އީލަން އިއުލާނު ނުކުރެއެވެ. ޓުވިޓާގައި މީހަކު ކުރި ކޮމެންޓަކަށް ޖަވާބުދެމުން މަސްކް ބުނެފައިވަނީ އޭނާގެ ބަދަލުގައި އެ މަޤާމަށް އަންނާނެ މީހަކު އަދި އިޚުތިޔާރުކޮށްފައިނުވާ ކަމަށެވެ.

ނޮވެންބަރު މަހުގައި ޑެލަވެއާގެ ކޯޓެއްގައި ވާހަކަދައްކަމުން އީލަން ބުނެފައިވަނީ ޓުވިޓާގައި އޭނާ ހޭދަކުރާ ވަގުތު މަޑުމަޑުން މަދުކުރަމުން ގޮސް އެ ކުންފުނި ހިންގާނެ މީހަކު އިޚުތިޔާރުކޮށް އެ މީހަކަށް ކުންފުނި ހިންގުން ދޫކޮށްލާނެ ކަމަށެވެ.

މި ޕޮލް ފެށުމުގެ ކުރިން އާދީއްތަދުވަހުގައި ޓުވިޓާގެ ޕޮލިސީ އަދާހަމަކޮށް އެހެން ސޯޝަލް މީޑިއާ މަންސަތައް ޕްރޮމޯޓުކުރާ އެކައުންޓުތައް ޓުވިޓާއިން މަނާކޮށްފައިވެއެވެ. އަދި އެހެނިހެން ވާދަވެރި މަންސަތަކުގެ ލިންކުތަކާއި ނަންތައް ހިމެނޭ އެކައުންޓުތައްވެސް ޓުވިޓާއިން މަނާކުރިއެވެ.

މަސްކުގެ ޕޮލް ފެށުމުގެ ކުރިން ކުރި ޓުވީޓެއްގައި އޭނާވަނީ އެކަމަށް މައާފަށް އެދިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ޓުވިޓާގެ ސިޔާސަތަށް ބޮޑު ބަދަލެއް ގެނައުމުގެ ކުރިން ޕޮލްއެއް ބާއްވައި ޓުވިޓާ ބޭނުންކުރާ މީހުންގެ ޚިޔާލު ހޯދާނެކަމަށް އޭނާ ބުންޏެވެ.

މަސްކުގެ އެ ޓުވީޓަށްފަހު ވަގުތުކޮޅެއްފަހުން ޓުވިޓާއިންވަނީ ޓުވިޓާގައި އެހެނިހެން ސޯޝަލް މީޑިއާ މަންސަތައް ޕްރޮމޯޓުކުރާ އެކައުންޓުތަކަށް ފުރުސަތު ދިނުމަށް ފެނޭތޯ ބަލަން ޕޮލްއެއް ފަށާފައެވެ.

މަސްކު ޓުވިޓާ ގަތް ފަހުން އެ ކުންފުނީގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއްވަނީ ގެނެސްފައެވެ. ކުރިން ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާތީ އެކައުންޓުތައް ޓުވިޓާއިން ސަސްޕެންޑުކޮށް ބޭރުކުރި އުސޫލުން އެކައުންޓުތައް ސަސްޕެންޑުކުރުން ހުއްޓާލާފައިވެއެވެ.

މި ލިއުމާއި ގުޅޭ