Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޯލްޑް ކަޕް

މޮރޮކޯ ޓީމުގެ ކުޅުންތެރިން މަންމައިންނާއެކު އުފާ ފާޅުކުރާތީ ޑެންމާކު ޓީވީއެއްގައި އަޅާކީ ރާމާމަކުނާ

ޤަޠަރުގައި ކުރިއަށްދާ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް މުބާރާތުގައި ސެމީ ފައިނަލަށް ދަތުރުކުރި މޮރޮކޯ ޓީމުގެ ކުޅުންތެރިން އުފާ ފާޅުކުރުމުގައި ކުޅުންތެރިންގެ މަންމައިން ބައިވެރިކޮށް މަންމައިންނާއެކު އިހުތިފާލުކުރި ކުރުން ރާމާމަކުނުގެ އުޅުމާ އެއްގޮތްކޮށް ޑެންމާކު ޓީވީއެއްގައި ވާހަކަދައްކައިފިއެވެ.

ޑެންމާކުގެ ޓީވީ ޗެނަލެއް ކަމުގައިވާ ޓީވީ 2 ނިއުސްގައި މޮރޮކޯ ކުޅުންތެރިން އާއިލާތައް ޤަޠަރަށް އެއްވެ ތިބުމާއި ކުޅުންތެރިންނަށް ލިބޭ ކާމިޔާބު މަންމައިންނާއެކު އިހުތިފާލުކުރުމާ ގުޅޭ ގޮތުން ވާހަކަދައްކަމުން އެ ޓީވީ ޕްރެޒެންޓަރެއްވަނީ ރާމާމަކުނު އާއިލާއެއްގެ ކުރެހުމެއް ދައްކާފައެވެ.

ކުދި ރާމާމަކުނުތައް މަންމަ ރާމާމަކުނުގެ ހިމާޔަތުގައި ތިބޭ އެ ފޮޓޯ ދައްކަލަމުން އޭނާ ބުނީ މޮރޮކޯ ކުޅުންތެރިން އެމީހުންގެ އާއިލާތައް ޤަޠަރަށް އެއްކުރި ކުރުމާ ގުޅޭ ވާހަކަދައްކާއިރު ޓީވީގެ ސްކްރީނުން ފެންނަނީ ރާމާމަކުނު އާއިލާއެއް ކަމަށާއި، އަދި އެއީ ފިނިން ރައްކާތެރިކުރުމަށް ބައްދާލައިގެން ތިބީކަމަށްވުން އެކަށީގެންވާ ކަމަށެވެ.

އެވާހަކައަށްފަހު އެހެން މީހަކު ރާމާމަކުނާ ޤަޠަރުގައި ތިބި މޮރޮކޯ އާއިލާތައް އަޅާކިޔައިލި ގޮތާމެދު ސުވާލުކުރެއެވެ. އެ ސުވާލަށް ޖަވާބުދެމުން އޭނާ ބުނެފައިވަނީ ރާމާމަކުނު އާއިލާތައް އެކީ ތިބޭތީ އެކަން ފާހަގަކުރީ ކަމަށެވެ. އަދި ޤަޠަރުގައި މޮރޮކޯ ކުޅުންތެރިންގެ އާއިލާތަކުން ކުރަނީ އެކަން ކަމަށްވެސް ޖަވާބުގައި އެ ޕްރެޒެންޓަރު ބުންޏެވެ.

މީގެ ކުރިން ޖަރުމަނު ޓީވީތަކުގައިވެސް މޮރޮކޯ ކުޅުންތެރިންނަކީ ޓެރަރިސްޓުންކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކާފައިވެއެވެ. އަދި ޔޫރަޕުގެ އެހެން ބައެއް ޤައުމުތަކުގެ މީޑިއާއިންވެސް މޮރޮކޯ ކުޅުންތެރިންނަށް ފުރައްސާރަ ކުރިމަތިވިއެވެ.

މޮރޮކޯއަކީ ވޯލްޑް ކަޕް ސެމީ ފައިނަލަށް ދަތުރުކުރި އެފުރިކާގެ ފުރަތަމަ ޓީމެވެ. އަދި ވޯލްޑް ކަޕްގައި އެހިސާބަށް ދަތުރުކުރި ހަމައެކަނި އިސްލާމީ ޢަރަބި ޤައުމަކީވެސް މޮރޮކޯއެވެ. މި ސަބަބުތަކާހުރެ ހުޅަނގު މީޑިއާގެ މަލާމާތް މޮރޮކޯއަށާއި އެ ޤައުމުގެ ކުޅުންތެރިންނަށް އަމާޒުވިއެވެ.

މި ލިއުމާއި ގުޅޭ