Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބީޖޭޕީ

ބީޖޭޕީ ސަޕޯޓަރުން ނިކުމެ ޕާކިސްތާނުގެ ޚާރިޖީވަޒީރުގެ ތަސްވީރުތައް އަންދައިފި

ޕާކިސްތާނާއި އިންޑިއާގެ މެދުގައި އދގެ މައި މަރުކަޒުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރުމަށްފަހު، އިންޑިއާގައި ވެރިކަންކުރާ ބީޖޭޕީ އެކްޓިވިސްޓުން މަގުތަކަށް ނިކުމެ ޕާކިސްތާނުގެ ޚާރިޖީވަޒީރުގެ ފޮޓޯތައް އަންދައިފިއެވެ.

ބުރާސްފަތި ދުވަހުގައި އޮތް އދގެ ސަލާމަތީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިންޑިއާގެ ޚާރިޖީވަޒީރު އެސް ޖަޔަޝަންކަރުވަނީ ޕާކިސްތާނަކީ ނިރުބަވެރިކަމުގެ މަރުކަޒުކަމަށް ސިފަކުރައްވާފައެވެ. ޖަޔަޝަންކަރުގެ ވާހަކަފުޅަށް ރައްދުދެއްވަމުން ޕާކިސްތާނުގެ ޚާރިޖީވަޒީރު ބިލާވާލް ބޫއްޓޫ ޒަރްދާވީވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއަކީ ގުޖުރާތުގެ ޤާތިލުގެ ގޮތުގައި ސިފަކުރައްވާފައެވެ.

މޯދީއަކީ 2002 ވަނަ އަހަރުގައި ގުޖުރާތުގައި ހިންދޫން މުސްލިމުންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލުތަކުގައި އެތައްހާސް މުސްލިމުން މަރައިލިއިރު ގުޖުރާތުގެ ޗީފް މިނިސްޓަރެވެ. އެ އަނިޔާވެރި އަމަލުތަކާމެދު އަޅައިނުލައި އެކަންކަމަށް ފުރުސަތު ފަހިކޮށްދިންކަމުގެ ތުހުމަތު މޯދީއަށް އަމާޒުވެއެވެ. އެ ތުހުމަތުގެ ސަބަބުން އިންޑިއާގެ ބޮޑުވަޒީރުކަމާ ހަވާލުވުމާ ހަމައަށްވެސް އޭނާއަށް އެމެރިކާއަށް ދަތުރުނުކުރެވެއެވެ.

ބިލާވާލްގެ ވާހަކަފުޅާ ގުޅިގެން ބީޖޭޕީގެ އެތައް ސަތޭކަ ސަޕޯޓަރުންވަނީ ނިއުދިއްލީގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަން ކައިރިއަށް އެއްވެ، އޭނާގެ ފޮޓޯތަކާއި އޭނާގެ މޫނު ހިމަނައިގެން ހަދާފައިވާ ބުދުތައް އަންދާފައިވެއެވެ. އަދި ހޮނިހިރު ދުވަހު އިންޑިއާގެ އެކި ކަންކޮޅުތަކުގައި ޕާކިސްތާނުގެ ޚާރިޖީވަޒީރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބާއްވަން ބީޖޭޕީން އިއުލާނުކުރިއެވެ.

ޕާކިސްތާނަކީ ނިރުބަވެރިކަމުގެ މަރުކަޒެއްކަމަށް ސިފަކޮށް އެ ޤައުމުގެ ސުލޫކު ރަނގަޅުކުރަންޖެހޭކަމަށް އިންޑިއާގެ ޚާރިޖީވަޒީރު ވިދާޅުވިއެވެ. އަދި އެމެރިކާގެ ކުރީގެ ޚާރިޖީވަޒީރު ހިލަރީ ކްލިންޓަން ޕާކިސްތާނަށް ކުރެއްވި ޒިޔާރަތެއްގައި، ހަރުފަތަކެއް ގޭގެ ފަހަތުގައި އޮންނަ ބަގީޗާއަށް ދޫކޮށްލުމުން އެ ހަރުފައިގެ އުދަގޫ ކުރިމަތިވާނީ ހަމައެކަނި އަވައްޓެރިންނަށް ނޫންކަމަށާއި، ފަހުން އޭގެ ތުރާ އަމިއްލައަށްވެސް ކުރިމަތިލާންޖެހޭނެކަމަށް ވިދާޅުވެފައިވާކަން ޖަޔަޝަންކަރު ފާހަގަކުރެއްވިއެވެ.

އެ ވާހަކަތަކަށް ރައްދުދެއްވައި ދެއްކެވި ވާހަކަފުޅުގައި ބޫއްޓޫ ޒަރްދާއީ ވިދާޅުވީ އޭނާގެ ޤައުމަށް ނިރުބަވެރިކަމުގެ ސަބަބުން ލިބުނު ގެއްލުން ބޮޑުކަމަށެވެ. އަދި އޭނާގެ ވާހަކަފުޅުގައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އަދި އޭނާގެ މަންމަ ބޭނަޒީރު ބޫއްޓޫ އަވަހާރަވީ ޓެރަރިސްޓު ހަމަލާއެއްގައިކަން ފާހަގަކުރެއްވިއެވެ.

ޕާކިސްތާނާއި އިންޑިއާގެ ގުޅުން ފާއިތުވި އަހަރުތަކުގައި ކުރިއަށްވުރެ ގޯސްވެފައިވާއިރު ދެ ޤައުމުގެ މެދުގައި ނުތަނަވަސްކަން ބަޮޑުވާ ދަޑިވަޅުތަކުގައި އެއް ޤައުމުން އަނެއް ޤައުމަށް ބޮޑެތި ތުހުމަތުތައް އަމާޒުކުރުމަކީ އާންމުކަމެވެ.

މި ލިއުމާއި ގުޅޭ