Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕޮލޭންޑް

ޔޫކުރެއިނުން ހަދިޔާކުރި ގްރެނޭޑް ލޯންޗާއެއް ގޮވައި ޕޮލޭންޑުގެ ފުލުހުންގެ ވެރިޔާއަށް އަނިޔާވެއްޖެ

ފާއިތުވި ހަފުތާގައި އެއްޗެއް ގޮވައި ޕޮލޭންޑުގެ ފުލުހުންގެ ވެރިޔާއަށް އަނިޔާވި ހާދިސާ ހިނގީ ޔޫކުރެއިނުން އޭނާއަށް ހަދިޔާކުރި ގްރެނޭޑް ލޯންޗާއެއް ގޮވައިގެން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޕޮލޭންޑުގެ ވެރިރަށް ވޯސޯގައި ހުންނަ ފުލުހުންގެ ވެރިޔާގެ އޮފީހުގައި އެއްޗެއް ގޮވައި އޭނާއަށް އަނިޔާވި ހާދިސާގެ އެއްވެސް ތަފުސީލެއް ކުރިން ހާމަނުކުރެއެވެ. ޖާސްލޯ ސްޒިމްކްޒީކްސް ރޭޑިއޯއަށް ދެއްވި ބަސްދީގަތުމުގައި އަލަށް އެ ތަފުސީލު އޭނާ ހާމަކުރައްވާފައިވެއެވެ.

މި ހާދިސާ ހިނގިކަން އެންމެ ފުރަތަމަ ރިޕޯޓުކުރި އެ ޤައުމުގެ ޚާރިޖީވުޒާރާއިން އެއިރު މީޑިއާއިން ރިޕޯޓުކުރި ގޮތަށް އެ ހާދިސާ ހިނގީ ގްރެނޭޑު ލޯންޗަރެއް ގޮވައިގެންކަން ކަށަވަރުކޮށްދީފައިނުވެއެވެ.

ޕޮލޭންޑުގެ އާރްއެމްއެފް އެފްއެމް ރޭޑިއޯއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ޔޫކުރެއިނަށް ކުރެއްވި ދަތުރުފުޅެއްގައި ހަދިޔާއެއް ގޮތުގައި ދެ ގުރެނޭޑު ލޯންޗަރު އޭނާއަށް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި އެއިން އެކަތި ލައުޑް ސްޕީކަރަކަށް ބަދަލުކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ޔޫކުރެއިނުން ހަދިޔާކުރި ގްރެނޭޑް ލޯންޗަރުތައް އެއް ތަނުން އަނެއްތަނަށް ގެންދަނިކޮށް އެއިން އެކަތި ގޮވީ،" ޖާސްލޯ ވިދާޅުވިއެވެ. އޭނާ ބުނި ގޮތުގައި އެ ގޮވުމަކީ ވަރަށް ވަރުގަދަ ގޮވުމެކެވެ. އެ ގޮވުމުގައި އޮފީހަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.

ޕޮލޭންޑުގެ ފުލުހުންގެ އިސްބައެއް ވެރިންނާ ހަވާލާދީ އާރްއެމްއެފް ރޭޑިއޯއިން ރިޕޯޓުކުރި ގޮތުގައި މި ގްރެނޭޑް ލޯންޗަރުތަކަކީ ޕޮލެންޑުގެ ފުލުހުގެ ވެރިޔާ ޔޫކުރެއިނުގެ ފުލުހުންގެ ޚިދުމަތާއި ކުއްލި ހާލަތާ ގުޅޭ ޚިދުމަތްތައް ދެކިލެއްވުމަށް ޑިސެންބަރު 11، 12 ވަނަ ދުވަހު ކުރެއްވި ޒިޔާރަތުގައި ޔޫކުރެއިން އޮފިޝަލުން ދެއްވި ހަދިޔާއެކެވެ.

އަދި އެ ގްރެނޭޑް ލޯންޗަރުތައް ހުރީ ލޯޑުކޮށްފައި ނޫންކަމަށް އާރްއެމްއެފްއަށް މައުލޫމާތު ދެއްވި ޔޫކުރެއިނުގެ މަސްއޫލުވެރިން ވިދާޅުވިއެވެ.

މި ހާދިސާގައި ޖާސްލޯއަށް ކުދި އަނިޔާތަކެއްވީ ނަމަވެސް އޭނާއަށް ހަސްފަތާލުގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވެއެވެ. އެ ހާދިސާގައި ޕޮލޭންޑު ފުލުހުންގެ ޚިދުމަތުގައި ވަޒީފާ އަދާކުރާ އާންމު ރައްޔިތަކަށްވެސް ގެއްލުން ލިބި ފަރުވާދޭންޖެހުނެވެ.

މި ލިއުމާއި ގުޅޭ