Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤައުމީ ފުޓުބޯޅަ ޓީމު

ސިންގަޕޫރު އަތުން ރާއްޖެ ބަލިވެއްޖެ

ރާއްޖޭގެ ގައުމީ ސީނިއާ ފުޓުބޯޅަ ޓީމު ސިންގަޕޫރުގެ ގައުމީ ޓީމާއެކު ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުން 3-1 ގެ ނަތީޖާ އަކުން ރާއްޖެ ބަލިވެއްޖެއެވެ.

ރާއްޖޭގެ ޓީމް މިދިޔަ ބުދަ ދުވަހު މެލޭޝިއާގެ ގައުމީޓީމް އަތުން ބަލީވީ 3-0 ންނެވެ.

މިއަދު ސިންގަޕޫރާއެކު ކުޅުނު މެޗުގެ 4 ވަނަ މިނެޓްގައި ސިންގަޕޫރަށް ލީޑް ނަގައިދިނީ އިލްހާން ފަންޑީ އަހުމެދެވެ.

އިއްބެ ވަނީ ރާއްޖެ އަށް ނަތީޖާ ހަމަހަމަކޮށް ދީފަ އެވެ.

ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާ އަކުން ދެޓީމް އެއްވަރު ވެގެންނެވެ.

ސިންގަޕޫރުން ވަނީ ދެވަނަ ހާފު ފަށައިގެން ލަނޑެއް ޖަހައި އަނެއްކާވެސް ލީޑު ނަގައިފައެވެ.

ދެވަނަ ހާފުގެ ފެށިގެން ހަ ވަނަ މިނެޓްގައި ސިންގަޕޫރަށް ލީޑް ނަގައިދިނީ ޝަވާލް އަނައުއާއެވެ.

ޝަވާލް ވަނީ މެޗްގެ 87 ވަނަ މިނެޓުގައި އަނެއްކާވެސް ގޯލެއް ކާމިޔާބުކޮށް ސިންގަޕޫރަށް ލީޑް ފުޅާކޮށްދީ ނަތީޖާ 3-1 އަށް ބަދަލުކޮށްފައެވެ.

މި ލިއުމާއި ގުޅޭ