Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓުވިޓާ

ނޫސްވެރިންތަކެއް ސަސްޕެންޑުކުރި މައްސަލާގައި އދ. ގެ ފާޑުކިޔުން ޓުވިޓަރއަށް

ނޫސްވެރިންތަކެއް ޓުވިޓަރއިން ސަސްޕެންޑުކުރި މައްސަލާގައި އެ ކުންފުންޏަށް އދ.ގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ޓުވިޓަރއިން ވަނީ ނިއުޔޯކް ޓައިމްސް، ސީއެންއެން އަދި ވޮޝިންޓަން ޕޯސްޓުގެ ބައެއް ނޫސްވެރިންގެ އެކައުންޓުތައް ސަސްޕެންޑުކޮށްފައެވެ. އެ ނޫސްވެރިންނަކީ އާންމުކޮށް ޓުވިޓަރ އާއި ގުޅޭ ހަބަރުތައް ގެނެސްދޭ ނޫސްވެރިންނެވެ.

މިކަމާ ގުޅިގެން އދ. އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މީޑިއާގެ މިނިވަންކަމަކީ ކުޅިވަރަކަށް ހަދައިގެން ނުވާނެ ކަމަށެވެ. އަދި ޔޫރަޕިއަން ޔޫނިއަނުން ވެސް ވަނީ ޓުވިޓަރގެ މި އަމަލު ކުށްވެރިކޮށް ޓުވިޓަރ އާއި ދެކޮޅަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު ދީފައެވެ.

ޓުވިޓަރއިން ބުނެފައިވާ ގޮތުގައި އެ ނޫސްވެރިންގެ އެކައުންޓުތައް ސަސްޕެންޑުކުރީ ޓުވިޓަރގެ އޯނަރު އިލޮން މަސްކުގެ ޒާތީ މައުލޫމު އާންމު ކުރުމުގެ ސަަބުންނެވެ. އަދި މަސްކު ވަނީ އޭނާއަށް ފާޑުކިޔަސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް އޭނާ އާއި އޭނާގެ އާއިލާއަށް ނުރައްކާ ކުރިމަތިވާ ގޮތަށް އެމީހުން އުޅޭނުޅޭ ތަންތަނުގެ މައުލޫމާތު އާންމު ކުރުން ބަލައިނުގަނެވޭނެ ކަމަށް ބުނެފައެވެ.

މީގެ ކުރިން ޓްރަމްޕްގެ ޕްރައިވެޓް ޖެޓް ޓްރެކްކޮށް އެ ޖެޓު ދަތުރުކުރަމުންދާ ހުރިހާ މަންޒިލެއް ލައިވްކޮށް ޓުވީޓު ކުރަމުން ދިޔަ އެކައުންޓެއްވެސް ޓުވިޓަރއިން ވަނީ ބްލޮކްކޮށްފައެވެ. އަދި އެ އެކައުންޓުގެ ވެރިފަރާތާއި ދެކޮޅަށް ދައުވާ ކުރާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

މަސްކް ޓުވިޓަރ ގަނެފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގައެވެ. ޖުމްލަ 44 ބިލިއަން ޑޮލަރު އެކަމަށް ހަރަދުކޮށްފައިވާއިރު އެ މުއާމަލާތާއި އެކު އޭނާއަށްވަނީ ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަޤާމުވެސް ގެއްލިފައެވެ.

މި ލިއުމާއި ގުޅޭ